ތިން ރަށެށްގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ތިން ރަށެއްގެ ބަނދަރުގެ އެއްބަސްވުންތަކުގައި ސޮއި ކުރުން --- ފޮޓޯ/ މިނިސްޓްރީ

ތިން ރަށެއްގެ ބަނދަރުގެ މަސައްކަތް ކުުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ހދ ނެއްލައިދޫ ބަނދަރު ހެދުމުގެ މަޝްރޫއާއި މ. ވޭވަށު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އަދި ރ. އަނގޮޅިތީމު ބަނދަރުގެ ސާވޭއާއި ޑިޒައިން ކުރުމުގެ މަސައްކަތެވެ.

މި ތިން މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއި ކުރުން އިއްޔެ ވަނީ ޕްލޭނިން މިނިސްޓްރީގައި ބާއްވާފައެވެ. އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ފާތިމަތު ޝަނާ ފާރޫގެވެ.

ހދ ނެއްލައިދޫ ބަނދަރު ހެދުމުގެ މަޝްރޫއު، 365 ދުވަސް ނިންމުމަށް ސޮއި ކުރިއިރު، މ. ވޭވަށު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ތާވަލް ކޮށްފައިވަނީ 500 ދުވަސް ތެރޭ ނިންމުމަށެވެ. ރ. އަނގޮޅިތީމު ބަނދަރުގެ ސާވޭއާއި ޑިޒައިން ކުރުން ހަވާލުކޮށްފައިވަނީ 25 ދުވަސް ތެރޭ ނިންމުމަށެވެ.

މަޝްރޫއުގެ އަގުތައް:

  • ހދ ނެއްލައިދޫ ބަނދަރު ހެދުމުގެ މަޝްރޫއު: 47,623,290 ރުފިޔާ
  • މ. ވޭވަށު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު: 48,863,172 ރުފިޔާ
  • ރ. އަނގޮޅިތީމު ބަނދަރުގެ ސާވޭއާއި ޑިޒައިން ކުރުން: 305,505 ރުފިޔާ

މި ތިން މަޝްރޫއުގެ ޖުމްލަ އަގަކީ، ގާތްގަނޑަކަށް 96.79 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މިއަހަރުގެ ބަޖެޓްގައި 48 ރަށުގެ ބަނދަރު އަލަށް ހެދުމުގެ މަޝްރޫއަށް 420 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް