ނިހާން ޕީއެންސީއިން ވަކިވެވަޑައިގެންފި

ޕީއެންސީ އުފެއްދުމަށް ބޭއްވި ޖަލްސާގައި ނިހާން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފެއްދެވި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސް އަހުމަދު ނިހާން ހުސެއިން މަނިކު އެ ޕާޓީއިން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕާޓީގެ ނައިބު ރައީސް ކަމުންނާއި ޕާޓީގެ މެންބަރުކަމުން ވެސް އޭނާ މިއަދު ވަކިވެ ވަޑައިގެންފައިވާ ކަމަށެވެ.

ނިހާން އަކީ މީގެ ކުރިން ވިލިމާލެ ދާއިރާގެ މެންބަރެވެ. އެހެން ނަމަވެސް މިދިޔަ މަޖިލިސް އިންތިހާބުގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވައިގެން ނިހާނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފަ އެވެ.

އެއަށް ފަހު ނިހާން ފެންނަނީ ޕާޓީގެ ހަރަކާތްތަކާ ވެސް ދުރުން އެވެ.

comment ކޮމެންޓް