ވޭޕްކުރުމުން ފުއްޕާމޭ ހަލާކުވެގެން މީހަކު މަރުވެއްޖެ

ވޭޕްކޮށްގެން އެމެރިކާގެ މީހަކު ވަނީ މަރުވެފައި---

ވޭޕްކުރުމުގެ ސަބަބުން ފުއްޕާމޭ ހަލާކުވި މީހަކަށް އައިސީއޫގައި ފަރުވާ ދެމުންދަނިކޮށް އެމެރިކާގެ ރައްޔިތެއް މަރުވެއްޖެ އެވެ.

އެމެރިކާގެ އިލިނޯއީގައި އެ މީހާ މަރުވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި އެ މަރުވެގެން ގޮސްފައިވަނީ ވޭޕް ކުރުމުގެ ސަބަބުން މީހަކު މަރުވި ފުރަތަމަ މަރަށެވެ.

އެ މީހާ އަށް އުނދަގޫތަކެއް ވާތީ ޑަކްޓަރަށް ދެއްކުމުން އައިސީއޫގައި ފަރުވާން ދޭން ފެށި ކަމަށާއި ހެދި ޓެސްޓްތަކުން ފުއްޕާމޭ ހަލާކުވެ ނުރައްކާތެރި ބައްޔެއް ފުއްޕާމޭ އަށް ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސެންޓަ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ބުނީ މިދިޔަ އަހަރުގެ ޖޫން މަހު ފަހުކޮޅުން މި މަހުގެ 20 އާ ހަމައަށް މީގެ 193 ކޭހެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ގިނަ މީހުން އެނދުމަތިކުރެވިފައިވަނީ ވޭޕްކުރުމުގެ ސަބަބުން ކަމަށެވެ. -- ސައިންސް އެލާޓް

comment ކޮމެންޓް