ނަސަންދުރަ މައްސަލާގައި އޭޖީގެ ލަފާއެއް އަދި ނުލިބޭ

ނަސަންދުރަ ހުރި ބިން -- ފައިލް ފޮޓޯ

ނަސަންދުރަ ޕެލަސް ހޮޓެލް ހިންގި ބިން ކުއްޔަށް ދޫކުރި މައްސަލާގައި އެޓާނީ ޖެނެރަލް (އޭޖީ)ގެ ލަފަޔަކަށް އެދިފައިވީ ނަމަވެސް އަދި ލަފާއެއް ލިބިފައިނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މިހާރު އޮތް އެގްރިމެންޓާއެކު ނަސަންދުރަ މައްސަލަ ކުރިއަށް ގެންދަން މިހާރު ޓޫރިޒަމް މިނިސްޓްރީގައި އޮތް މެނޭޖުމެންޓަށް ނުފެންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބައޮތް އަންނާފައި، އެމްއެމްޕީއާރުސީއާއި ގުޅުން ހުރި ކަންތަކުގައި ގާނޫނީ ލަފާ ނަގައިގެން ނޫނީ މިނިސްޓްރީއިން އަމަލުނުކުރަން،" ނަސަންދުރަ މައްސަލައިގައި ގޮތެއް ނިންމޭނީ ގާނޫނީ ލަފާ ލިބިގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ މައްސަލައިގައި ބަންޑާރަނައިބުގެ ލަފަައަކަށް އެދިފައިވާކަމަށް މިނިސްޓަރު ވިދާޅުވީ މެއި މަހުއެވެ.

https://sun.mv/119726

ނަސަންދުރަ ހިންގި ބިމާއި، އެ ބިމާ އިންވެގެން އޮންނަ 26 ނަންބަރު ކޮށީގެ ބިން އެމްއެމްޕީއާރުސީ މެދުވެރިކޮށް "އެންޕީއެޗު އިންވެސްޓްމެންޓްސް" ކިޔާ ކުންފުންޏަކަށް ކުއްޔަށް ދޫކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އެ ބިން ދޫކޮށްފައިވަނީ 50 އަހަރަށެވެ. އެ ބިމުގެ ކޮރަޕްޝަން 86 މިލިއަން ރުފިޔާއަށް އަރައެވެ.

ނަސަންދުރަ ހިންގި ބިމުގައި 25 ބުރީގެ އިމާރާތެއް އެޅުމަށް ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި ހަވާލުކޮށްފައިވާއިރު އެތަނުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ.

އެ ބިމުގެ މައްސަލާގައި ދައުވާ ކުރުމަށް އޭސީސީއިން ޕީޖީއަށް ފޮނުވުމުން ދައުވާކުރާނެ އަސާސެއް ނެތްކަމަށް ބުނެ ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން ވަނީ މައްސަލަ ފޮނުވާލައިފައެވެ.

comment ކޮމެންޓް