"ލީނާ" ހުޅުމާލެ ޝްވެކް ސިނަމާއަށް

ލީނާގެ ޕޯސްޓަރެއް---

ޑައިރެކްޓަރު އަބްދުﷲ މުއާޒްގެ ފުރަތަމަ ފީޗާ ފިލްމު "ލީނާ"ގެ ކާމިޔާބު ޝޯތަކެއް އޮލިމްޕަސް ސްކްރީނުގައި ދެއްކުމަށްފަހު ޝްވެކް ސިނަމާއަށް މިސްރާބުޖަހައިފިއެވެ.

މި މަހު 29 އިން ފަށައިގެން ހުޅުމާލޭ ޝްވެކް ސިނަމާގައި ފިލްމު އަޅުވަން ހަމަޖެހިފައިވާ ކަމަށް މުއާ ބުންޏެވެ. "ލީނާ" މާލޭ ޝްވެކްގައި އަޅުވާ ގޮތަށް ހަމަޖެހިފައެއްނުވެއެވެ.

ފިލްމުގެ ޓިކެޓް ބުކް ކުރަން އަންނަ ހަފްތާގައި ފަށާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާއެއްގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން އިންސްޕަޔާވެގެން ތައްޔާރުކުރި އެ ފިލްމު ޕްރިމިއާކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

ފިލްމުގައި ދޮން އައްޔަ ކުޅޭނީ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. މަރިޔަމް ހަލީމްއަކީ ލީނާގެ މަންމައެވެ. ނުޒުހަތު (ނުޒޫ) ކުޅޭނީ ލީނާގެ ބެސްޓް ފްރެންޑްގެ ބައެވެ. ސައީދު އަދާކުރާނީ ކައުންސިލުގެ ރައީސްގެ ރޯލެވެ.

comment ކޮމެންޓް