ޑައިވީނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި

ސަފާރީ އަކުން ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން އަންނަނީ ހޯދަމުން -- ފައިލް ފޮޓޯ: އެމްއެންޑީއެފް

ސަފާރީ އަކުން ޑައިވިނަށް ފޭބި އަންހެން ފަތުރުވެރިއެއްގެ ހަބަރު ނެވެގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިސްތަރުޖަމާނު މޭޖާރ އިބްރާހިމް އާޒިމް ވިދާޅުވީ، އޯސީއޭ އެމް ސެވަން އެސް އިން ކަނޑުމާ ތިލައަށް ޑައިވިނަށް ފޭބި 22 ފަތުރުވެރިންގެ ތެރެއިން އަންހެން ޑައިވަރެއްގެ ހަބަރު ނުވެގެން ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރު 1:09 ގައި ކަމަށެވެ.

ޑައިވިނަށް ފޭބި ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކޯސްޓް ގާޑް ސްކޮޑަރުންގެ ޑައިވަރުންނެވެ.

މީގެ ކުރިން ވެސް ޑައިވިނަށް ފައިބާ ފަތުރުވެރިން މަދުން ނަމަވެސް ގެއްލިގެން އެމްއެންޑީއެފްއަށް ރިޕޯޓް ކުރެއެވެ. އަދި އޭގެ ތެރެއިން ބައެއް ފަތުރުވެރިން ދިރިހުއްޓާ ފެންމަތިން ފެނިފައިވާއިރު ބެއް ފަތުރުވެރިން ވީ ނުވީއެއް ނޭންގި ގެއްލިފައި ވެސް ވެއެވެ.

comment ކޮމެންޓް