ކެނޯއެއްގައި މޫދަށް ދިޔަ ދެ މީހަކު ގެއްލިގެން ހޯދަނީ

ވިލިމާލެ މޫދު ސަރަހައްދު: ކެނޯއެއްގައި ވިލިމާލެ ބީޗުން މޫދަށް އެރުނު ދެ މީހުކު ގެއްލިގެން އަންނަނީ ހޯދަމުން --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

ވިލިމާލެ އިން މޫދަށް ގޮސްފައި ވަނީ 20 އަހަރާއި 33 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އެ ދެ މީހުން މޫދަށް ގޮސްފައިވަނީ އޮރެންޖު ކުލައިގެ ކެނޯއެއްގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ހަވީރު ފަހެއް ޖެހިއިރު މޫދަށް އެރުނު ދެ މީހުން ގެއްލިގެން މެރިން ޕޮލިހުންނާއި ކޯސްޓް ގާޑުން އަންނަނީ އެ ސަރަހައްދު ބަލަމުންނެވެ.

އެގޮތުން އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓް ގާޑު ސްކޮޑަރުންގެ ފާސްޓާރ އިންޓަރެޕްޓަރ ކްރާފްޓް (ވެލާނާ) ލޯންޗް، ނައިޓް ވިޝަން ކެމެރާއާ އެކު ހަރަކާތްތެރިވަމުން އަންނަ ކަމަށް ދިފާއީ ބާރުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަށް ވެސް މިއަދު މޫސުން ގޯސްވެފައިވާއިރު، ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވަނީ މިއަދު ހިނގާފަ އެވެ.

comment ކޮމެންޓް