އެޑްވަޓޯރިއަލް - ޔަންމާ: އަދިވެސް ދިވެހިންގެ އެއްވަނަ އިންޖީނު

ޔަންމާ އިންޖީނުތަކެއް -- ފޮޓޯ/ އެމްޓީސީސީ

ރިޔާތައް ތިރިކޮށް، ދިވެހި އޮޑިތަކުގައި އިންޖީނު އަޅަންފެށީ 1973 ވަނަ އަހަރުއެވެ. އޭރުގެ ސަރުކާރާ ޔޫއެންޑީޕީއާ ގުޅިގެން، މަސްދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަޝްރޫއެއް ފެށުނެވެ. މި މަސައްކަތް ބާރު ދުވެލީގައި ހިނގައިގަތީ ޖަޕާން ސަރުކާރުން 116 ޔަންމާ އިންޖީނު ހަދިޔާކުރުމުންނެވެ. އެންމެ ފުރަތަމަ އިންޖީނު އެޅުނީ އެކަމަށް ހާއްސަކޮށް ބަނދެފައިވާ "އުންމީދު" ދޯނީގައެވެ.

ރިޔަލުގައި ކުރަމުން އައި ދަތުރު އިންޖީނަށް ބަދަލުކުރުމަށް ސަރުކާރުން ފެށިއިރު، އޮޑިވެރިންނާއި މަސްވެރިންގެ ފަރާތުން އެކަށީގެންވާ ތަރުހީބެއް ނުލިބުނެވެ. މަސްވެރިން ހީކުރީ އިންޖީނުގެ ބާރު އަޑަށް ބިރުން ސިހި މަސްއައިން ފިލާނެ ކަމަށެވެ. އޮޑިވެރިންގެ ނުތަނަވަސް ކަމަކީ، ދޯނިފަހަރު ބަނދެވިފައި ހުރި ދެރަކަމުންނާއި، އިންޖީނުގެ ވައިބްރޭޝަންގެ ސަބަބުން ދޯނި ރޫޅިދާނެ ކަމެވެ. އަދި ތެލަށް ކުރަން ޖެހޭ ހަރަދު ބޮޑުވެ، އެކަމަކީ އޮޑިވެރިންނަށް ނުއުފުލޭވަރުގެ ތަކުލީފަކަށް ވެދާނެ ކަމެވެ.

އެމްޓީސީސީން ހއ. އަދި ހދ. އަތޮޅުގައި ކުރިއަށް ގެންދިޔަ ޔަންމާ ސާވިސް ކެމްޕޭނުގެ ތެރެއިން --- ފޮޓޯ/ އެމްޓީސީސީ

މިހުރިހައި ސަބަބަކާ ހުރެ އިންޖީނު އެޅުން މަޑުޖެހިފައި އޮއްވާ، ސަރުކާރުގެ ފަރާތުން "އުންމީދު" ދޯނީގައި އިންޖީނު އަޅައި، މަސްވެރިކަން ކުރުމަށް ޅ. ނައިފަރަށް ފޮނުއްވިއެވެ. މި ދޯނި ކޮންމެ ދުވަހަކު މަހަށް ގޮސް، އެހެން ދޯނިތަކަށް ވުރެ ކުރިން މަސްބާނައިގެން އަންނަތަން ފެނި ތަޖުރިބާ ކުރެވުމުން، ކުރިން ކުރެވިފައިވާ ހީއަކީ ބިލާހެއް ކަމަށް ގަބޫލުކުރެވިއްޖެއެވެ. އަދި ރިޔަލު ދޯނި ފަހަރަށް ވުރެ އިންޖީނު ދޯނި ފަހަރުގައި މަސްވެރިކަމުން ހޯދާ ނަފާ މާބޮޑަށް އިތުރުކަން ގަބޫލުކުރަން ފަށައިފި އެވެ. މިއާއެކު އިންޖީނު އަޅަން އެދިގެން ރާއްޖޭގެ އެކި އަތޮޅުތަކުން އައި އޮޑިވެރިން ފިޝަރީޒް މިނިސްޓްރީ ކައިރީގައި ކިއު ހަދާލައިފި އެވެ.

ސަރުކާރުގެ އިސްނެގުމާއެކު ޖަޕާނުގެ ޔަންމާ ކުންފުނިން އިންޖީނު އެޅުމުގެ މަސައްކަތް ރާއްޖޭގައި ކުރީ ފަސް އަހަރު ދުވަހުގެ މުއްދަތެއްގަ އެވެ. އޭގެ ފަހުން މި މަސައްކަތް ހަވާލުކުރެވުނީ މިނިސްޓްރީ އޮފް ފިޝަރީޒްގެ ބެލުމުގެ ދަށުން މޯލްޑިވްސް އިންޖީނު ސާވިސަސް އަށެވެ. އަދި 1987 އިން ފެށިގެން އިންޖީނު އެޅުމުގެ ހުރިހައި ކަމެއް އެމްޓީސީސީ އާ ހަވާލުކުރި އެވެ.

އިންޖީނު އަޅަން ފެށުމާއެކު މަސްވެރިކަމުގެ ސިނާއަތް ދެކެމުން ދިޔައީ ކުރިން ނުދެކޭހާ ފާގަތި ދުވަސްތަކެކެވެ. ދޯނީގެ ސްޕީޑް ހަލުވިވުމާއި، ބާނާ މަހުގެ އަދަދު އިތުރުވުމާއި، މަސްވެރިންނަށް ލިބޭ ނަފާ ގުނަވުމުގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަން ކުރާ އުޅަނދުތައް އިތުރުވެ، އުޅަނދުތަކުގެ ސައިޒަށް ވެސް ބަދަލު އަންނަން ފެށީއެވެ. މަސްދޯނި ފަހަރުގައި އިންޖީނު އަޅަންފެށި އިރު އާއްމުކޮށް ގެންގުޅެނީ ދިގުމިނުގައި 30 ހަކަށް ފޫޓޫ ހުންނަ ދޯނިފަހަރެވެ. މި ސައިޒުގެ ދޯނިފަހަރު މިޒަމާނުގައި މަސްވެރިކަމުގައި ބޭނުންކުރާލެއް ވަރަށް މަދެވެ. މިހާރު ގެންގުޅޭ ދޯނީގެ ދިގުމިން އާއްމުކޮށް ހުންނަނީ 80 ފޫޓާއި 100 ފޫޓާ ދެމެދުގައެވެ.

އިންޖީނުގެ ފަސޭހަތަކާއެކު މަސްވެރިކަން ފުޅާވެ ކުރިއެރުމުގެ އިތުރަށް ރާއްޖޭގައި އިގްތިސާދީ އިތުރު ފުރުސަތުތައް ވެސް ތަނަވަސްވިއެވެ. ޖުމުލަ ގޮތެއްގައި ދަތުރުފަތުރަށް މިއައި އިންގިލާބީ ބަދަލާ އެކު އެއްތަނުން އަނެއް ތަނަށް މުދާ އުފުލުމުގެ މަގުތައް ފަސޭހަވި އެވެ. މި ބަދަލާ އެކު ވިޔަފާރިއާއި އިގްތިސާދީ ހަރަކާތްތައް ކުރިއަރައި، ދިރިއުޅުމުގެ ހާލަތާއި ވައްޓަފާޅި ބަދަލުވާން ފެށިއެވެ.

ޔަންމާ އިންޖީނުތަކެއް -- ފޮޓޯ/ އެމްޓީސީސީ

މީގެ އިތުރުން އަލަށް ފެށުނު ޓޫރިޒަމްގެ ދާއިރާ ތަރައްގީ ވުމުގައި ވެސް އިންޖީނުގެ ދަތުރުތައް މުހިންމު ދައުރެއް އަދާކުރި އެވެ. ޓޫރިޒަމް ފުޅާވަމުން ދިޔަވަރަކަށް ފަސޭހަ އަދި ހަލުވި ދަތުރުފަތުރުގެ ނިޒާމެއްގެ ބޭނުންތެރިކަން އައީ އިތުރުވަމުންނެވެ. އެހެންކަމުން ރިޒޯޓްތަކުގެ ބޭނުމަށް މުދާ އުފުލުމަށާއި، މީހުން ދަތުރުކުރުމަށް ހާއްސަ އުޅަނދުފަހަރު ތައްޔާރުކުރަން ފަށައިފި އެވެ. އަދި އެކިވަރުގެ ސަފާރީ އުޅަނދުތައް ވެސް ދިޔައީ އިތުރުވަމުންނެވެ.

ފައިތުވީ ބައި ގަރުނުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމާއި، ފަތުރުވެރިކަމާއި، އަމިއްލަ ވިޔަފާރިތައް މިވަނީ ފާހަގަކުރެވޭހައި ބޮޑު ކާމިޔާބެއް ހޯދާފައެވެ. އަދި އާއްމުކޮށް ރާއްޖެގެ ރަށްތަކުގެ ވަސީލަތްތަކާއި ތަރައްގީއަށް ވަނީ ގިނަގުނަ ކުރިއެރުންތަކެއް ލިބިފައެވެ. މިދެންނެވި ކުރިއެރުމާއި ތަރައްގީ ދިވެހިންނަށް ހޯދައިދިނުމުގައި މުހިންމު ބައިވެރިޔަކީ ދަތުރުފަތުރަށް އައި އިންގިލާބީ ބަދަލެވެ. ދަތުރު އަވަސްވުމާއި، ދަތުރު ފަސޭހަވުމާއި، ދަތުރުގެ ޔަގީންކަމެވެ. ދިވެހި ދޯނީގައި ޔަންމާ އިންޖީނު އެޅުމެވެ.

ފުރަތަމަ ރާއްޖޭގެ ދޯންޏެއްގައި އެޅި އިންޖީނާއެކު ޔަންމާ ވެގެން ގޮސްފައިވަނީ ދިވެހިންގެ އިތުބާރު ހޯދާފައިވާ ބްރޭންޑަކަށެވެ. ޔަންމާ އަށް އޮތް ޑިމާންޑު އަދިވެސް ފަނޑެއް ނުވެއެވެ.

ޔަންމާ އިންޖީނަށް ހާއްސަކޮށްގެން އެމްޓީސީސީ އިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ "ސާބަސް ޔަންމާ" ޕްރޮމޯޝަން މިއަހަރުވެސް ވަނީ ފަށައިފައެވެ. އަގުބޮޑު ހަދިޔާތަކާއެކު ކުރިއަށްގެންދާ މި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށްގެންދާނެއެވެ.

މި ޕްރޮމޯޝަނުގައި 78 ހޯސްޕަވަރުން ފެށިގެން 829 ހޯސްޕަވަރުގެ ޔަންމާ އިންޖީނު ގަތުމުން އެއްލައްކަ ރުފިޔާ އާއި ތިން ލައްކަ ރުފިޔާ އާއި ދެމެދުގެ އަދަދަކަށް ހިލޭ އެކްސަސަރީޒް ލިބޭނެއެވެ. އޭގެ ތެރޭގައި ފިޝްފައިންޑަރާއި ޖީޕީއެސް، ކާސްޓްރޯލް ލުބްއޮއިލް އަދި ހުންގާނު ސިސްޓަމް ހިމެނެއެވެ. 78 ހޯސްޕަވަރުގެ އިންޖީނު ގަތުމުން އެއް ލައްކަ ރުފިޔާގެ ސަމާނު ލިބޭނެއެވެ. 829 ހޯސްޕަވަރުގެ އިންޖީނު ގަތުމުން ތިން ލައްކަ ރުފިޔާގެ އެކްސަސަރީޒް ހިލޭ ލިބޭނެއެވެ.

ޕްރޮމޯޝަންގެ ދަށުން ޔަންމާ އިންޖީން ގަންނަ ފަރާތްތަކުން މި މުއްދަތުގެ ތެރޭގައި އިންޖީނު ގަތުމަށް 10 ޕަސެންޓް ބުކިންފީއެއް ދައްކަން ޖެހެއެވެ. ޑިސެމްބަރު މަހުގެ ނިޔަލަށް އިންޖީން ފުލް ޕޭމަންޓްދައްކާ ހަލާސްކޮށް އިންޖީން ގެންދިއުމުގެ ފުރުސަތުވެސް އޮންނާނެއެވެ.

ސާބަސް ޔަންމާ ޕްރޮމޯޝަން ފެށުން -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ޔަންމާ އިންޖީނުތަކަށް ހާއްސަކޮށްގެން އެމްޓީސީސީއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި "ޔަންމާ ސާވިސް ކެމްޕެއިންގެ" ނަމުގައި ޔަންމާ އޭޝިއާ އާއި ގުޅިގެން ހަރަކާތެއް ކުރިއަށް ގެންދެއެވެ. މި ކެމްޕެއިންގެ ބޭނުމަކީ އިންޖީނުތަކަށް ބޭނުންވާ ޔަންމާ އިންޖީން އަޅާފައިވާ އޮޑިފަހަރުގެ އިންޖީނުތައް ސާވޭ ކުރުމާއި ކަސްޓަމަރުން ޖެނުއިން ސްޕެއަ ޕާޓްސްގެ މުހިއްމުކަމާ ގުޅޭގޮތުން ހޭލުންތެރި ކުރުމެވެ.

ރާއްޖޭގެ އިންޖީނު މާކެޓްގައި 85 ޕަސެންޓަށްވުރެ ބޮޑު މާކެޓް ޝެއާއެއް އޮޮތް ޔަންމާ އިންޖީނު ގަންނަން ބޭނުންވާ ފަރާތްތަކަށް އަދި ޔަންމާ އިންޖީނު ގެންގުޅޭ ފަރާތްތަކަށް އެމްޓީސީސީ އަބަދުވެސް ގާތުން އެހީތެރިކަން ފޯރުކޮށްދެއެވެ.

ޔަންމާއަކީ އެންމެ ކުރިން ފެށިގެން ދިވެހިންނަށް އެންމެ ކަމުދާ އިންޖީނަށް ވާއިރު، ޒަމާނަށް އަންނަ ތަރައްގީއާއި އެކު، އިންޖީނުގެ ބަދަލުތަކަށް ކަސްޓަމަރުން ހޭލުންތެރި ކުރުމަށްވެސް އެމްޓީސީސީ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

އޮޑި ބަންނަން ފަށާ ހިސާބުން ޔަންމާ އަދި އެމްޓީސީސީ އިންޖިނިއަރުން ބަލާ ޗެކުކޮށް، އޮޑިވެރިޔާއަށް އެންމެ ފުރިހަމަ ރިކޮމެންޑޭޝަން ދެއެވެ. އޮޑީގައި އިންޖީނު އެޅުމަށްފަހު އިންޖީނު މޮނީޓާ ކުރުމާއި އިންޖީނުގެ ފުރިހަމަ ބޭނުން ހިފާތޯ ބެލުމަކީވެސް އެމްޓީސީސީ އިން ކުރާ ކަމެކެވެ

comment ކޮމެންޓް