ސުޒުކީ އައުޓްބޯޑާއި ޔަންމާ އިންބޯޑު އިންޖީނުގެ އަގުހެޔޮކޮށްފި

ޔަންމާ އިންޖީނުތަކެއް -- ފޮޓޯ/ އެމްޓީސީސީ

އިމްޕޯޓު ޑިއުޓީ އަށް ގެނައި ބަދަލާއެކު އެމްޓީސީސީ ކަށަވަރުން ވިއްކާ ސުޒުކީ އައުޓްބޯޑު އިންޖީނު އަދި ޔަންމާ އިންބޯޑު އިންޖީނުގެ އަގުހެޔޮކޮށްފިއެވެ.

އެމްޓީސީސީ އިން ބުނީ އަގަށް އައި ބަދަލާއެކު "މާބޮޑަށްވެސް އަގުހެޔޮވެއްޖެ" ނަމުގައި ކެމްޕެއިނެއް ފަށާފައިވާ ކަމަށެވެ.

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން ކޮންމެ އަހަރަކު ވެސް އެކި އުފެއްދުންތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބާއްވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުވުމުގެ ހަރަކާތްތައް ހިންގަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީއަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާ ބްރޭންޑް ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

އެ ކުންފުނިން ދަތުރުފަތުރުގެ ހިދުމަތާއި، ބަނދަރުހެދުމާއި، ބިންހިއްކުމާއި، ފަޅުފުންކުރުމާއި، ގޮނޑުދޮށް ރައްކާތެރިކުރުމާއި ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފޯރުކޮށްދެއެވެ.

comment ކޮމެންޓް