އެޑްވަޓޯރިއަލް: އެމްޓީސީސީ ކަށަވަރު - އޮޑިވެރިންގެ ޒަމާންވީ އެކުވެރިޔާ

އެމްޓީސީސީ ކަށަވަރަކީ ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އާންމު ދަތުރުފަތުރުގެ ތެރެއިން ފަސިންޖަރުންނާއި މުދާ އުފުލުމުގައި ބޭނުންކުރާ އޮޑިފޯނިފަހަރު ގެންގުޅޭ ފަރާތްތަކުގެ މެދުގައި ނަން މަޝްހޫރު ޝޯރޫމެކެވެ. މިއީ ދޯނިފަހަރުގައި އަޅާ އިންޖީނާއި، މިފަދަ އުޅަނދު ބަނދެ، މަރާމާތުކުރުމަށް ބޭނުންވާ ތަކެއްޗާއި ހިދުމަތްތައް ފޯރުކޮށްދޭ، އާންމުންގެ މެދުގައި މަގުބޫލު ޒަމާންވީ އެކުވެރިއެކެވެ.

ކަށަވަރު ޝޯރޫމް ވުޖޫދަށް އައުމުގެ ބިންގާއެޅުނީ 1980 ވަނަ އަހަރު އެވެ. އޭރު ސަރުކާރުން ހިންގަމުންދިޔަ "މޯލްޑިވްސް އިންޖީނު ސާވިސް ސެންޓަރު" އެމްޓީސީސީގެ ދަށަށް ގެނެސް "އެމްޓީސީސީ ސޭލްސް ސެންޓަރު"ގެ ނަމުގައި ހިންގަން ފެށުމާއެކު އެވެ. އެންމެ ފުރަތަމަ މިތަނުން ދެމުންދިޔަ ހިދުމަތްތަކަކީ ދިވެހި މަސްވެރި އުޅަނދުފަހަރަށް ހާއްސަކޮށް ޔަންމާ އިންޖީނު ވިއްކުމާއި އަޅައިދިނުން އަދި މަރާމާތު ކުރުމުގެ ހިދުމަތެވެ. ނަވާރަސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު އެމްޓިސީސީ ސޭލްސް ސެންޓަރުގެ ނަން "ޔަންމާ ސޭލްސް އެންޑް އާފްޓަރ ސޭލްސް"ގެ ނަމަށް ބަދަލުކުރެވުނެވެ. އަދި ޒަމާން ބަދަލްވެ، ވިޔަފާރި ފުޅާވެ، އެމްޓީސީސީ ކަށަވަރުން ލިބޭ ބްރޭންޑްތަކާއި، ހިދުމަތްތައް އިތުރުވަމުންގޮސް، 2007 ވަނަ އަހަރު މިތަނުގެ ނަން "އެމްޓީސީސީ ކަށަވަރު"ގެ ނަމަށް ބަދަލުކުރި އެވެ. މިއަދު އެމްޓިސީސީ ކަށަވަރަކީ އޮނޑިދޯނިފަހަރަހަށް ދިމާވާ ކޮންމެ މައްސަލައެއްގެ ހައްލު ޔަޤީންކަމާއި އެކު އަތްފޯރާފަށުގައި ލިބޭ ތަނެކެވެ.

އެމްޓީސީސީ ކަށަވަރުން ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ހާއްސަ ދުނިޔޭގެ ނަން މަޝްހޫރު ގިނަ ބްރޭންޑުތަކެއްގެ ސާމާނު ރާއްޖޭގެ މާކެޓަށް ތައާރަފްކޮށް ދަނީ ވިއްކަމުންނެވެ. މިގޮތުން އައުޓްބޯޑު އަދި އިންބޯޑު އިންޖީނަށް ހާޢްސަ ބައިނަލްއަޤްވާމީ ބްރޭންޑުތައްކަމަށްވާ ސުޒުކީ އަދި ޔަންމާ އިންޖީނު މި ޝޯރޫމްއިން ލިބެން ހުރެއެވެ. އިންޖީނު އަދި ޖަނަރޭޓަރުތަކަށް ހާއްސަ އަޑީ ތެލުގެ ބާވަތްތައް އުފައްދާ ކާސްޓްރޯލް ބްރޭންޑަކީ ރާއްޖޭގައި ކަށަވަރު ޝޯވރޫމްއިން ވިއްކާ އެންމެ މަޤުބޫލު އެއް ބްރޭންޑުވެސްމެއެވެ. މެރިން ދަވާދާއި އެންޓިފައުލިންގް އުފައްދާ ޕީޕީޖީ ބްރޭންޑުގެ އުފެއްދުންތަކާއި، ހުންގާނު ސިސްޓަމް އުފައްދާ މެރޯލް ބްރޭންޑާއި، އިންޖީނުތަކަށް ބޭނުންވާ ފިލްޓަރު އުފައްދާ ޑޮނަލްޑްސަން ބްރޭންޑުގެ ފިލްޓަރު ވެސް އެމްޓިސީސީ ކަށަވަރުން ލިބެން ހުރެ އެވެ. މީގެ އިތުރުން ވެސް އިންޑަސްޓްރިއަލް ގޭހުގެ ބާވަތްތަކުގެ ތެރެއިން އެސެޓްލިން، އޮކްސިޖަން، އާގަން އަދި ކާބަންޑައިއޮކްސައިޑް ވެސް ކަށަވަރުން ލިބެން ހުރެއެވެ. އޮޑިދޯނިފަހަރު ބަނނުމާއި މަރާމާތުކުރުމަށް ހާއްސަ ރެސިން، ޖެލްކޯޓް، ޕިގްމަންޓު، ފައިބަރ ގްލާސް މެޓްގެ އިތުރުން ފެން ޕަންޕް، ޖަނަރޭޓަރ، ލައިޓިން އަދި އެހެނިހެން އާލާތްތަކާއި ސާމާނު ކަސްޓަމަރުންނަށް ތަފާތު އަގުތަކުގައި އެމްޓީސީސީ ކަށަވަރުން ލިބެން ހުރެއެވެ. އެހެންކަމުން މިއީ އޮޑިދޯނިފަހަރަށް ކުރިމަތިވާ ކޮންމެ މައްސަލައެއްގެ ހައްލު ޔަޤީނުން ލިބޭ ތަނެކޭ ބުނެވިދާނެއެވެ.

މިދެންނެވުނު ބްރޭންޑުތަކުގެ ތެރެއިންވެސް އެމްޓީސީސީ ކަށަވަރު ކަސްޓަމަރުންގެ މެދުގައި އެންމެ ނަން މަޤްބޫލް ބްރޭންޑުތައް ކަމަށްވާ ޔަންމާ، ސުޒުކީ، ކާސްޓްރޯލް އަދި ޕީޕީޖީ ގެ އިތުރު ތަފްސީލަށް ބަލާލާމާ ހިނގާށެވެ.

ޔަންމާ އިންޖީން

ޔަންމާ އިންޖީނަކީ 1973 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވިއްކަމުންދާ ބައިންލްއަޤްވާމީ ގޮތުން ވެސް ފާހަގަކޮށްލެވޭ އިންޖީނެކެވެ. ޔަންމާ އިންޖީނަކީ ދިވެހިންގެމެދުގައި އެންމެ މަޤްބޫލް އިންޖިނެވެ. ހާޢްސަކޮށް މަސްވެރިންގެ މެދުގައި ޔަންމާ އިންޖީނުގެ މަޤުބޫލުކަން އެހާމެ ބޮޑެވެ. އެހެން ދާއިރާތަކުގެ އޮޑިވެރިންގެ މެދުގައި ވެސް މިއީ ނަން މަޝްހޫރު ބްރޭންޑެކެވެ. އެމްޓީސީސީ ކަށަވަރުން ޔަންމާގެ އެކި ބާވަތުގެ އިންޖީނު ލިބެންހުރެ އެވެ. މިގޮތުން މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އާންމު ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި އަޅަން އެންމެ އެކަށީގެންވާ ޒާތުގެ 35 ހޯސް ޕަވަރުން ފެށިގެން 1200 ހޯސް ޕަވަރާ ހަމަޔަށް ޔަންމާ އިންޖީނު އެމްޓީސީސީ ކަށަވަރުން ލިބެން ހުރެއެވެ. ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުމަށް ޓަކައި ޔަންމާ އިންޖީން ބައްލަވައިގަންނަވާ ފަރާތްތަކަށް ހާއްސަ ގިނަ ޕްރޮމޯޝަންތަކެއް އެމްޓީސީސީ ކަށަވަރުން އަބަދުވެސް ކުރިޔަށް ގެންދެއެވެ. މިގޮތުން ޔަންމާ އިންޖީނު ތިން އަހަރުދުވަހުގެ މުއްދަތަށް ބަހާލައިގެން ފައިސާ ދެއްކޭނެ ލުއިފަސޭހަ ގޮތްތަކެއްވެސް އެމްޓީސީސީ ކަށަވަރުން މިހާރު ވެސް ދަނީ ފޯރުކޮށްދެމުންނެވެ.

ސުޒުކީ މެރިން

ދެހާސް ހަތް ވަނަ އަހަރު މޭ މަހުގެ 28 ވަނަ ދުވަހު ރާއްޖޭގެ ބަޒާރަށް ތަޢާރަފްކުރެވުނު ސުޒުކީ އައުޓްބޯޑް އިންޖީނަކީ ޖަޕާނުގެ މަޤްބޫލް އުފެއްދުމެކެވެ. މި އިންޖީނުތަކަކީ ދުވެލި ބާރު، ތެޔޮހަރަދުކުޑަ އަދި ގިޔަރު ވަރުގަދަ އިންޖީނުތަކެކެވެ. ބައިނަލްއަޤްވާމީ އެތައް އެވޯޑެއް ހޯދާފައިވާ މި އިންޖީނުގެ 2.5 ހޯސްޕަވަރ އާއި 325 ހޯސް ޕަވަރއާއި ދެމެދުގެ އިންޖީނުތައް އެމްޓީސީސީ ކަށަވަރުން ލިބެން ހުރެއެވެ. މިއީ ދަތުރުފަތުރުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައާއި މަސްވެރިކަން ނުވަތަ އަމިއްލަ ބޭނުމަށް ގެންގުޅޭ ކަނޑުދަތުރުކުރާ ހައި ސްޕީޑް އުޅަނދުތަކުގައި ވެސް އެޅުމަށް ދިވެހިންގެތެރޭގައި މަޤްބޫލްކަން ހޯދަމުންއަންނަ އުފެއްދުމެކެވެ. އެމްޓީސީސީ ކަށަވަރުން ސުޒުކީ އިންޖީނު ބައްލަވައިގަންނަވާ ފަރާތްތަކަށް ވެސް ހާއްސަ އެކި ޕްރޮމޯޝަންތައް އަބަދުވެސް ދަނީ ހިންގަމުންނެވެ. ކަސްޓަމަރުންނާއި އިންޖިނޭރުންނަށް އިންޖީނު ބަލަހައްޓާނެ ގޮތުގެ އަމަލީ ތަމްރީނު ދިނުމަކީ ވެސް މެދުކެޑުމެއްނެތި އެމްޓިސީސީ ކަށަވަރުން ކުރަމުންގެންދާ މަސައްކަތެކެވެ. އަދި މީގެ އިތުރުން އެމްޓީސީސީ ކަށަވަރު ވިއްކާ ސުޒުކީ އިންޖީންތަކަށް ވޮރަންޓީގެ އިތުރުން އާފްޓަރސޭލްސް ހިދުމަތް ވެސް ދަނީ ފޯރުކޮށްދެމުންނެވެ. އަދި އިންސްޓޯލްމަންޓަށް އިންޖީނު ނެގޭނެ ގޮތަތަކެއް ވެސް ވަނީ ތަޢާރަފްކޮށްފަ އެވެ.

ކާސްޓްރޯލް

އަޑިތެޔޮ އުފެއްދުމަށް ދުނިޔޭގެ އެންމެ މަޝްހޫރު ބީޕީ ކުންފުނީގެ ކާސްޓްރޯލް ބްރޭންޑްގެ އަޑިތެލަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ބަޔަކު އިތުބާރުކުރާ އެއް އަޑިތެލެވެ. ކާސްޓްރޯލަކީ 100 އަށް ވުރެ ގިނަ އަހަރުވީ ބްރޭންޑެކެވެ. ނަވާރަސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު އެމްޓީސީސީ ކަށަވަރުން ރާއްޖޭގެ ބާޒާރަށް ކާސްޓްރޯލް ތަޢަރަފްކުރެވުނު ދުވަހުން ފެށިގެން މިއަދާހަމައަށް ވެސް ކާސްޓްރޯލް ވެފައިވަނީ ދިވެހިންގެމެދުގައި އިތުބާރުލިބިފައިވާ ބްރޭންޑަކަށެވެ. ކާސްޓްރޯލްގެ އުފެއްދުންތަކަކީ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރާއި ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ބޮޑެތިޖަނަރޭޓަރ އަދި އެއްގަމު އުޅިނދުފަހަރުގައި ވެސް ބޭނުންކުރަމުންދާ އުފެއްދުންތަކެކެވެ. އިންޖީނުތަކަށް ކާސްޓްރޯލް އަޑިތެޔޮ ބޭނުންކުރުމުގެ ސަބަބުން އިންޖީނަށް ކުރާ ޙަރަދުކުޑަވެފައި އިންޖީނުގެ އުމުރުދިގުކަން ފާހަގަކުރެވެ އެވެ. އެމްޓީސީސީ ކަށަވަރުގެ ކަސްޓަމަރުންނަށް ކާސްޓްރޯލްގެ އެކި ބާވަތްތަކުގެ އުފެއްދުންތައް ރަގަނޅު އަގުތަކުގައި ދަނީ ފޯރުކޮށްދެމުންނެވެ. މިއީ މިހާރު ރައްޖޭގައި އެންމެ ގިނައިން ބޭނުންކުރާ އަޑިތެޔޮވެސްމެ އެވެ. އެމްޓީސީސީ ކަށަވަރުން އަހަރެއްގެ މައްޗަށް އެއް މިލިއަން ލީޓަރަށް ވުރެ ގިނައިން ކާސްޓްރޯލް އަޑީތެޔޮ ރާއްޖޭގެ ބާޒާރަށް ދަނީ ސަޕްލައި ކުރަމުންނެވެ.

ޕީޕީޖީ

ޕީޕީޖީ އިންޑަސްޓްރިއަލް އަދި މެރިން ދާވާދާއި އެންޓިފޯލިންގްއަކީ 1990ގެ އަހަރުތަކުން ފެށިގެން އެމްޓީސިސީ ކަށަވަރުން ފޯރުކޮށްދޭ ބްރޭންޑެކެވެ. މިއީ ޤުދުރަރީ ގޮތުންނާއި، އެހެނިހެން ގޮތް ގޮތުން ދަގަނޑު ސްޓްރަކްޗަރ ތަކާއި، ދަގަނޑު ޓޭންކްތަކާއި، ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށް، މިފަދަ ތަކެތީގެ އުމުރު ދިގުކުރުމަށް ޓަކައި ބޭނުންކުރާ ދަވާދާއި، އެހެނިހެން ކޯޓިންގްސް އުފައްދާ އެމެރިކާގެ ބްރޭންޑެކެވެ. އެމްޓީސީސީ ކަށަވަރުން މިބްރޭންޑުގެ އިންޑަސްޓްރިއަލް އަދި މެރިން ދަވާދާއި އެންޓިފޯލިންގްގެ އެކި އުފެއްދުންތަށް ލިބެން ހުރެ އެވެ. މިގޮތުން ޕީޕީޖީގެ ކަނޑުދަތުރުފަތުރުކުރާ އުޅަނދަށް ހާއްސަ މެރިން އެންޓިފޯލިން، ޓޭންކް ކޯޓިން، އެކި ބާވަތުގެ ދަގަނޑު ސްރަކްޗަރ ތަކަށް ހާއްސަ އެންޓި ކޮރޮސިވް ނުވަތަ އުޅަނދު ހަލާކުވެގެން ދިއުން ލަސްކޮށްދޭ ކޯޓިން ލިބެން ހުރެ އެވެ.

މީގެ އިތުރުން ވެސް ގިނަ ބްރޭންޑުތަކުގެ ސާމާނު އެމްޓިސީސީ ކަށަވަރުން ޝޯވރޫމުން ލިބެން ހުރެއެވެ. އަދި އިންޖީން އެޅުމާއި، މިކަމާ ގުޅުން ހުރި ދާއިރާތަކަށް ހާއްސަ ގިނަ ހިދުމަތްތައް ވެސް އެމްޓިސީސީ އާފްޓަރ ސޭލްސް ސެންޓަރުން ކަސްޓަމަރުންނަށް ފޯރުކޮށްދެއެވެ. އާފްޓާ ސޭލް ސާރވިސްގެ ތެރޭގައި ހިމެނެނީ ޓެކްނިކަލް ކޮންސަލްޓޭޝަން ދިނުމާއި، އޮޑިދޯނިފަހަރުގައި އިންޖީނު އަޅައިދިނުމާއި، އިންޖީނުގެ މަރާމާތާއި މެއިންޓެނެންސް މަސައްކަތްތަކެވެ.

އެމްޓީސީސީ ކަށަވަރުން ލިބޭ ހިދުމަތްތަކާއި ތަކެތި ބޭނުންކުރާ ކަސްޓަމަރުންނަށް އެމްޓީސީސީ ކަށަވަރުން އަބަދު ވެސް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ޕްރޮމޯޝަންތަށް އަދި ހާއްސަ ސާވިސް ކެމްޕެއިންތައް ކުރިޔަށް ގެންދެ އެވެ. ކަށަވަރުގެ އަމާޒަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއާއި ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާގައި ބޭނުންކުރާ އޮޑިދޯނި ފަހަރަށް ބޭނުންވާ ކޮލިޓީ ރަނގަޅު، އިތުބާރު ހިފޭ މުދަލާއި ހިދުމަތްތައް އަތްފޯރާ ފަށުގައި އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ. މިތަނުން ވިއްކާ އިންޖީނާއި އެހެން އިކުއިޕްމަންޓު ހަރުކޮށްދީ، މަރާމާތުކުރުމަށް ކަށަވަރުގެ ޓީމްތައް އަތޮޅުތަކަށް ޒިޔާރަތްކޮށް، ދަނީ ކަސްޓަމަރުންނާއި ގާތުން ހިދުމަތް ފޯރުކޮށްދެމުންނެވެ. ކަށަވަރު ޝޯވރޫމްގައި މިމަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަކީ ކަމުގެ ފަންނީ ތަޖުރިބާ ލިބިފައިވާ، ހީވާގި އަދި ކަސްޓަމަރުންނާއި ގާތުން ހިދުމަތް ފޯރުކޮށްދިނުމުގެ ޤާބިލްކަން ލިބިފައިވާ ޓީމެކެވެ.

މުސްތަޤްބަލުގައި ވެސް އެމްޓީސީސީ ކަށަވަރުން މަސައްކަތް ކުރާނީ މިހާރު ލިބެން ހުރި ބްރޭންޑުތަކާއި ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް ހާޢްސަ ބައިނަލްއަޤްވާމީ ބްރޭންޑް އަދި ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށެވެ. އަދި އުޅަނދުފަހަރަށް ހާޢްސަކޮށް ދުނިޔޭގައި ތައާރަފްކުރާ އައު އުފެއްދުންތަކާއި ހިދުމަތްތަށް ކަސްޓަމަރުންނަށް އަތްފޯރާފަށުގައި ފޯރުކޮށްދިނުމަށެވެ. މިއީ ކަސްޓަމަރުންގެ ހުރިހާ ބޭނުމެއްގެ ހައްލު ޔަޤީންކޮށް އެއްފުރާޅެއްގެ ދަށުން ލިބޭނެ ތަނެއްގެ ގޮތުގައި އަބަދު ވެސް ދެމިތޮތުމެވެ.

comment ކޮމެންޓް