ފުލުހަކާ މެދު މާރާމާރީ ހިންގި މައްސަލައެއް ތަހުގީގު ކުރަނީ

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ފުލުހަކާ މެދު މާރާމާރީ ހިންގި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ މިދިޔަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެހައިކަންހާއިރު ކެނެރީމަގުން ވަންވޭއާ އިދިކޮޅަށް ސައިކަލެއްގައި ދިޔަ ބަޔަކު ހުއްޓުވަން އެވަގުތު ކުލަހެދުމުގައި ހުރި ފުލުހަކު މަސައްކަތް ކުރުމުން، ސައިކަލްގައި ތިބި ދެ މީހުން އޭނައާ މެދު މާރާމާރީ ހިންގާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 32 އަހަރުގެ ދިވެހި ފިރިހެނަކާއި 36 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް