އެލްޖީއިން ނެރެނީ ތިން ސްކްރީންގެ ފޯނެއް

އެލްޖީގެ ފޯނެެއް--

އެލްޖީ އިން ތިން ސްކްރީން ހިމެނޭ ފޯނެއްގެ ޓީޒާ ދައްކާލައި، ކަސްޓަމަރުން އަޖައިބުކޮށްލައިފި އެވެ.

އެލްޖީ އިން އާންމު ކުރި 20 ސިކުންތުގެ ކުރު ޓްރެއިލާގައި ދައްކާލަނީ ސްމާޓް ފޯނު ސްކްރީނަކުން ގޭމު ގުޅޭތަނެވެ. ދެން އެ ސްކްރީނާއި ޖެހިގެން އިތުރު ސްކްރީނެއް ފޯލްޑްވާތަން ފެނެ އެވެ. އެ ދެ ސްކްރީން ފަތްޖެހި ދެން ފެންނަނީ ކުޑަ ސްކްރީނެކެވެ.

މި ޓީޒާ އާއެކު ގިނަ ބަޔަކު ބުރަވަނީ އެންމެ ފަހުން އެލްޖީ އިން މޮބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލި ފޯނު "ވީ50"ގެ އަޕްގްރޭޑެޑް ވާޝަނެއް އަންނަނީ ކަމަށެވެ. އެ ޓީޒާ އަކީ އައިއެފްއޭ 2019 އަށް އެ ކުންފުނިން ދިން ދައުވަތެކެވެ.

މި ޓީޒާ އިން ފެންނަނީ ތިން ސްކްރީން ހިމެނޭ ފޯނެއްކަމެއް، ނޫނީ މިހާރު އެލްޖީ އިން ބާޒާރަށް ނެރެފައިވާ ފޯނުގެ އަޕްގްރޭޑެއްކަމެއް ނުވަތަ ފޯނެއްގެ އެކްސަސަރީއެއް ކަމެއް އަދި ޔަގީނެއް ނުވެ އެވެ. ޔަގީންވާ ހަމައެކަނި ކަމަކީ އެ ޓީޒާ އިން ފެންނަނީ އެލްޖީގެ ފަތް ޖަހާލެވޭ ފޯނެއް ނޫން ކަމެވެ.

ފޯނެއްގެ ޓީޒާ އެލްޖީ އިން ދައްކާލިއިރު، އެކުންފުނިން ދަނީ އޯލެޑް ޑިސްޕްލޭ ޓީވީއެއް ބާޒާރަށް ނެރެން ތައްޔާރުވަމުންނެވެ.

އެލްޖީގެ އައިއެފްއޭ ކޮންފަރެންސް އޮންނާނީ ސެޕްޓެމްބަރު ހަޔެއްގައި ޖަރުމަނުގެ ބާލިންގަ އެވެ. މި ކޮންފަރެންސްގައި އެ ކުންފުނީގެ އާ ޕްރޮޑަކްޓްތައް ފެނިގެންދާނެ އެވެ.

comment ކޮމެންޓް