ކުޅުދުއްފުށީ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ރޯވި ކުޅުދުއްފުށީގެ ލޯންޗް--- ފޮޓޯ: އެމްއެންޑީއެފް

ހދ. ކުޅުދުއްފުށީ އުތުރު ބަނދަރުގައި އަޅާފައިއޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ހދ. ކުޅުދުއްފުށި ފަޔާ ސްޓޭޝަންގެ ފަޔާ މަނުން އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށެވެ.

އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ނުވެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި އަލިފާން ރޯވީ އިންޖީނަށް ޕެޓްރޯލް ދޫކުރާ ހޮޅީގައި ކަމަށެވެ. އެކަން ހިނގާފައި ވަނީ މިއަދު 10:20 ހާއިރު ކަމަށެވެ. އަދި ރޯވި އަލިފާން މިއަދު 10:40 ހާއިރު ކޮންޓްރޯލްކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފްއިން ބުނީ އެ ލޯންޗްގައި އަލިފާން ރޯވި ލޯންޗުގައި ވެލްޑިންގް މަސައްކަތެއް ކުރުމުގެ ތެރޭގައި ލޯންޗުގެ އިންޖީނު ޕެޓްރޯލް ޓޭންކުގެ ހޮޅިއެއްގަ އެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގައި ޕެޓްރޯލް ހޮޅިއަށް ފިޔަވައި ލޯންޗަށާއި އަދި މީހަކަށް ވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.

އެ ހާދިސާ ފުލުހުން މިހާރު އިތުރަށް ތަހުގީގްކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

comment ކޮމެންޓް