ކެމްޕެއިން އޮފީހެއް ރޯކޮށްލިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހަށް ހާޒިރުކޮށްފި

ކުޅުދުއްފުށި ސިޓީ. (ފޮޓޯ/އަބޫއިޝް)

ކުޅުދުއްފުށި ސިޓީގައި ހުރި ކެމްޕެއިން އޮފީހެއްގައި އަލިފާން ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ކެމްޕެއިން އޮފީހުގައި ރޯ ކޮށްލީ މި މަހުގެ 16 ވަނަ ދުވަހުގައެވެ.

މި މައްސަލައިގައި މިއަދު 14:55 ހާއިރު 31 އަހަރުގެ ދިވެހި ފިރިހެނެއް، ކޯޓު އަމުރެއްގެ ދަށުން ފުލުހަށް ހާޒިރުކުރެވުނު ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ފުލުުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި އިންތިޚާބުތަކާ ދިމާކޮށް މި ފަދަ ސިޔާސީ ހަމަނުޖެހުމުގެ މައްސަލަތައް މަދުން ނަމަވެސް ފެންމަތިވެއެވެ.

comment ކޮމެންޓް