ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމްގެ މައްސަލައެއް ބަލަން ނިންމައިފި

އޮކްޓޯބަރ 31، 2018: ސުޕްރީމް ކޯޓަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ހައިލަމާ ގުޅޭގޮތުން ހުށަހެޅިފައިވާ ސުލޫކީ މައްސަލަ ބެލުމަށް ތައުދީބީ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

ހައިލަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިން ދައުވާގެ މައްސަލަ ބައްލަވާ ގާޒީއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ހައިލަމް ހަމަޖައްސާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާއަށް އިސް ގާޒީކަން ދީފައި ވަނީ އެ ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސްއެވެ.

comment ކޮމެންޓް