ހޮޅުދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ނ. ހޮޅުދޫ ފެންހިންދާ ނިޒާމުގެ މަސައްކަތް ކޮންޓްރެކްޓް ކުރުން -- ފޮޓޯ: އެންވަޔަރަމެންޓް

ނ. ހޮޅުދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

މިއަދު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ އިންޑިއާ ލިމިޓެޑު ކިޔާ ކުންފުންޏަކާއެވެ.

މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ. ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ އިންޑިއާ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ލީގަލް ރެޕްރެސެންޓޭޓިވް ހަމްދޫން އަނީސެވެ.

ވާރޭ ވެހުމުގެ ސަބަބުން ނ. ހޮޅުދޫގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ޖުމްލަ 6،56 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ދިހަ މަސް ތެރޭ ނިންމަން ހަވާލު ކުރި މިޕްރޮޖެކްޓަކީ ޕީއެސްއައިޕީ ޕްރޮޖެކްޓެކެވެ.

ހޮޅުދޫއަކީ ވިއްސާރަ މޫސުމުގައި ބޯކޮށް ވާރޭ ވެހުމުން ފަސޭހައިން ފެންބޮޑުވާ ރަށެކެވެ. މި ފަހުން ރާއްޖެއަށް ކުރި ވިއްސާރާގައިވެސް އެ ރަށުގައި ފެންބޮޑުވެ ފެންހިންދަން ޖެހުނީ ޕަމްޕު ބޭނުންކޮށްގެން، ފުލުހުންނާއި ސިފައިން އަދި އާންމުންނާއި ރަށުގެ މުއައްސަސާތައް ގުޅިގެންނެވެ.

comment ކޮމެންޓް