ނަހޫގެ "ބޮސް"ގެ ޓިކެޓް ވިއްކަން ފަށައިފި

އައިޝަތު ރިޝްމީ ރަމީޒް ޑައިރެކްޓްކޮށް، ފާތިމަތު ނަހުލާ ޕްރޮޑިއުސްކުރާ ދިވެހި ފިލްމު "ބޮސް"ގެ ލީޑުރޯލުން ފެނިގެން ދާނީ، މަރިޔަމް އައްޒަ އާއި މުހައްމަދު ޔުނާން --

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ، އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް" ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

ޓިކެޓް އޮލިމްޕަހުން އިއްޔެ ވިއްކަން ފަށާފައިވާއިރު ނަހޫ ބުނީ ފިލްމަށް ލިބެމުންދާ ތަރުހީބު ބޮޑު ކަމަށެވެ. ޓިކެޓް ވިއްކާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން މެންދުރު 12 އަށެވެ. އަދި މެންދުރު ދޭކުން އިރުއޮއްސި ހަޔަކަށެވެ. އަދި ރޭގަނޑު އަށަކުން 11 އަށް ވެސް ބޮސްގެ ޓިކެޓް އޮލިމްޕަހުން ލިބޭނެ ކަމަށް ނަހޫ ބުންޏެވެ.

ބޮސް ވަނީ އެކި ފަހަރު މަތިންވެސް އޮލިމްޕަސް ސްކްރީނަށް އަލުން ގެނެސްފައެވެ.

ބޮސް އޮލިމްޕަހުގައި ދައްކާނީ އަންނަ މަހު (އޮގަސްޓް)ގެ ދެވަނަ ދުވަހުއެވެ. "ބޮސް"އަކީ ނަހުލާގެ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް، އާއިޝަތު ރިޝްމީ ޑައިރެކްޓް ކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.

ބޮސްއިން ދައްކައިދެނީ، މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމައެވެ.

އައްޒަ ލީޑު ރޯލުން ފެނިގެންދާ ބޮސްގައި ހަރަކާތްތެރިވެފައި ވަނީ ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވި ބަތަލު މުހައްމަދު ޔުނާންއެވެ. ފާތިމަތު އާޒިފާ، އިބްރާހިމް ޖިހާދު، އަލީ އާޒިމް، އަލީ ޝަމީލް ވެސް ބޮސްއިން ފެނިގެން ދިޔަ އެވެ.

comment ކޮމެންޓް