ބުރުޖް ހަލީފާ ދިވެހި ދިދައިން ދިއްލާލައިފި

ބުރްޖް ހަލީފާ ގައުމީ ދިދައިން ދިއްލާލައިފައި -- ފޮޓޯ: ޓުވިޓާ

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދުނިޔޭގެ އެންމެ އުސް އިމާރާތް، ބުރުޖް ހަލީފާ ދިވެހި ދިދައިން ދިއްލާލައިފި އެވެ.

މިރޭ ބުރުޖް ހަލީފާގެ އެންމެ ތިރިން ފެށިގެން އެންމެ ކޮޅާ ޖެހެންދެން ފެނިގެން ދަނީ ދިވެހި ގައުމީ ދިދަ އެވެ. ދުނިޔޭގެ ގައުމުތަކަށް އަންނަ މުނާސަބު ދުވަސްތަކާ ގުޅިގެން އެ ދުވަހަކާ ގުޅޭ ގޮތަކަށް ބުރުޖް ހަލީފާ ދިއްލަ އެވެ.

ދިވެހިރާއްޖޭގެ 54 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ވެސް ގިނަ ހަރަކާތްތަކެއް އަންނަނީ ރާވަމުންނެވެ. އެގޮތުން ޝަރަފުގެ ހިނގާލުމާއި މިޔުޒިކް ޝޯ އަދި މިއަހަރު ފުޅަނދުބުރުވެސް ހިމެނެ އެވެ.

މިރޭ ގަލޮޅު ދަނޑުގައި ހެވިކަމާއި ސްކޫލު ކުދިންގެ ހަރަކާތްތައް ކުރިއަށްދާ އިރު، މިނިވަން ދުވަހުގެ ޕެރޭޑް އޮންނާނީ މާދަމާ އެވެ.

މިނިވަން ދުވަހުގެ ހަރަކާތްތައް ފެށިގެން އައީ ރޭ ދަރުބާރުގޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި ރަސްމީ ބައްދަލުވުމާއެކު އެވެ.

comment ކޮމެންޓް