ދިރާގު ޓީވީއިން ވޯލްޑް ކަޕްގެ މެޗުތައް ބެލޭނެ

ދިރާގު ހެޑް އޮފީސް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ފީފާ ވޯލްޑް ކަޕް ގަތަރު 2022ގެ ހުރިހާ މެޗުތަކެއް ދިރާގުޓީވީގެ ރެޒިޑެންޝަލް ކަސްޓަމަރުންނަށް ލައިވްކޮށް ބެލޭނެކަމަށް ދިރާގުން ބުނެފިއެވެ.

މިގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް ދިރާގު ޓީވީ މެދުވެރިކޮށް، ޔެސް ޓީވީ (ޗެނަލް 8) އާއި ރާއްޖެޓީވީ (ޗެނަލް 6)އިން އެޗްޑީކޮށް ވޯލްޑް ކަޕްގެ މެޗުތައް ފެންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕްގެ ކޮންޓެންޓް ރައިޓްސް ދިރާގަށް ލިބިފައިވާ ގޮތުން މި މެޗުތައް ދިރާގުޕްލޭ މޮބައިލް އެޕްލިކޭޝަނުން ނުފެންނާނެކަން އެ ކުންފުނިން ފާހަގަކުރިއެވެ.

ދިރާގުގެ އަމާޒަކީ މިއަހަރުގެ އެންމެ ބޮޑު ފުޓުބޯޅަ އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޓީވީގެ ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް