މީޑިއާނެޓްގެ އެމްއެސް ޑިޖިޓަލް އެޕުން ވޯލްޑް ކަޕްގެ މެޗުތައް ފޯނުން ބަލާލެވޭނެ

މީޑިއާނެޓް އޮފީހެެއް ---

ފީފާ ވޯލްޑް ކަޕް ގަތަރު 2022 މީޑިއާނެޓްގެ މޯބައިލް އެޕްލިކޭޝަން "އެމްއެސް ޑިޖިޓަލް"އިން ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މީޑިއާނެޓުން ބުނީ، ވޯލްޑް ކަޕަށް ޚާއްސަ ކޮށްގެން އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަންގައި ތައާރަފު ކޮށްފައިވާ 150 ރުފިޔާގެ "ވޯލްޑް ކަޕް ކޮމްބޯ" ޕެކޭޖަށް ސަބްސްކްރައިބް ކުރުމުން މުބާރާތުގެ ހުރިހާ މެޗެއް އައިސް ޕްލަސް ޗެނަލުން ފެންނާނެ ކަމަށެވެ.

ވޯލްޑް ކަޕްގެ މެޗްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ޗެނަލްތަކާއި އޮރިޖިނަލް ކޮންޓެންޓް އެމް އެސް ޑިޖިޓަލް އެޕް މެދުވެރިކޮށް މޮބައިލް ފޯން ފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެވެސް ބެލޭނެއެވެ.

މީޑިއާނެޓުން އަބަދުވެސް މަސައްކަތްކުރަނީ އެންމެ ފަހުގެ މުނިފޫހި ފިލުވުމާއި ބޭރުގެ އެންމެ މަޝްހޫރު ކުޅިވަރުގެ ކޮންޓެންޓް ދިވެހިންނަށް ގެނެސްދީ ދިވެހިންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ ފުރިހަމަކުރުމަށް ކަމަށް މީޑިއާނެޓުން ބުންޏެވެ.

މީޑިއާނެޓަކީ ދިވެހިރާއްޖޭގައި ވޯލްޑް ކަޕްގެ ލައިސެންސްޑް ބްރޯޑްކާސްޓަރެވެ.

comment ކޮމެންޓް