މިނިވަން ދުވަހުގެ މުނާސަބަތުގައި މި މަހުގެ 26 އިން 28 އަށް ގައުމީ ދާރުލްއާސާރު އަދި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދު ވާނެ ކަމަށް ހެރިޓޭޖް މިނިސްޓްރީ އިން ބުނެފި އެވެ.
ހަމައެއާއެކު ޖުލައި 26 އަދި 28 ގައި ހއ.އުތީމު ގަނޑުވަރު ވެސް ބަންދު ކުރަން ވަނީ ނިންމައިފަ އެވެ. ނަމަވެސް ޖުލައި 27 ވާ ހޮނިހިރު ދުވަހު ހެނދުނު 08:15 އިން މެންދުރު 1:30 އަށް ގަނޑުވަރު ހުޅުވާނެ އެވެ.
މިނިސްޓްރީ އިން ބުނީ 29 ވަނަ ދުވަހުން ފެށިގެން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އުތީމު ގަނޑުވަރު އަދި ހުވަދޫ ސަރަހައްދީ ދާރުލްއާސާރާއި ގައުމީ ދާރުލްއާސާރު ހުޅުވާފައި ހުންނާނެ ކަމަށެވެ.