އަޟްހާ އީދާ ގުޅިގެން އޮގަސްޓު 15 ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން އޮގަސްޓު 14 ވަނަ ދުވަހަކީ އެމްއެމްއޭ އާއި އެހެނިހެން މާލީ އިދާރާތައް ހުޅުވާފައި ހުންނާނެ ދުވަހެއްގެ ގޮތުގައި އެމްއެމްއޭ އިން ކަނޑައަޅައިފިއެވެ.
އެމްއެމްއޭ އިން ކުރި އިއުލާނެއްގައި ބުނީ އޮގަސްޓު 15 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން އޮގަސޤތު 14 ވަނަ ދުވަހު އެމްއެމްއޭ އާއި އެމްއެމްއޭ އިން ރެގިޔުލެޓު ކުރާ މާލީ އެހެން އިދާރާތައް އާންމުންނަށް ހިދުމަތް ދިޔުމަށް ހުޅުވާފައި ހުންނާނެ ކަމަށެވެ.
އެގޮތުން އެމްއެމްއޭ އިން އެ ދުވަހު ފައިސާ ބަލައިގަނެ ދޫކުރާނީ ހެނދުނު 8:30 އިން މެންދުރު ދޭކަށް ކަމަށާއި ވަކިލާރި ބަލައިގަނެ ދޫކުރަނީ 8:30 އިން އެގާރައަށް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އަދި ސިޓީ އާއި ތަކެތި ބަލައިގަތުން 15 ވަނަ ދުވަހުގެ ހެނދުނު 08:30 އިން މެންދުރުފަހު 3:00 އަށް ކުރިއަށްގެންދާނެ ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.
އޮގަސްޓު 15 ވަނަ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމުން އީދު ދުވަހުގެ ކުރިން އޮންނަ ހަފްތާ ބަންދާއެކު، އީދު ޗުއްޓީއަށް ޖުމްލަ ނުވަ ދުވަސް ލިބޭނެއެވެ.
ކަލަންޑަރުގައި ވާ ގޮތުން ހައްޖު ދުވަހަކީ އޯގަސްޓް 10 ވާ ހޮނިހިރު ދުވަހެވެ. އަދި ބޮޑު އީދު ދުވަހަކީ ޖެހިގެން އަންނަ، އޯގަސްޓް މަހުގެ 11 ވާ އާދީއްތަ ދުވަހެވެ.
ޖެހިގެން އަންނަ ބުރާސްފަތި ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ ގިނަ ބަޔަކު އީދު ޗުއްޓީގައި ރަށުން ބޭރަށް ދާނެތީ، ލުއިފަސޭހަ ކޮށްދިނުމަށެވެ.