އިންސްޓަގްރާމުން 'ލައިކްސް'ގެ އަދަދު ފޮރުވަނީ

ބައެއް ގައުމުތަކުގައި އިންސްޓްރާމުން ވަނީ ލައިކްސްގެ އަދަދު ފޮރުވަން ފަށާފަ -- ފޮޓޯ: ބީބީސީ

އިންސްޓަގްރާމް ޕޯސްޓުތަކަށް މީހުން 'ލައިކް' ދޭ އަދަދު ފޮރުވާ އަޕްޑޭޓެއް އެ އެޕުން ޓެސްޓު ކުރަން ފަށައިފި އެވެ.

މިއަދު އޮސްޓްރޭލިއާ އާއި ޖަޕާން ފަދަ ބައެއް ގައުމުތަކުގައި އިންސްޓަގްރާމަށް ގެންނަ ބަދަލުގެ ސަބަބުން އެ އެޕްގައި ފޮޓޯތަކަށް މީހުން ލައިކް ދޭ އަދަދާއި ވީޑިއޯތައް ބަލާ މިންވަރު ނުފެންނާނެ އެވެ. އޭގެ ބަދަލުގައި ފެންނާނީ ލައިކް ދިން މީހުންގެ ނަންތަކެވެ. ނަމަވެސް ފޮޓޯ ޕޯސްޓު ކުރި މީހާއަށް ލައިކްސްގެ އަދަދު އެނގޭނެ ކަމަށް އިންސްޓަގްރާމުން ބުންޏެވެ.

މީގެ ކުރިން ކެނެޑާގައި ޓެސްޓުކޮށްފައިވާ އެ އަޕްޑޭޓު މިފަހަރު ގެންނަނީ އޮސްޓްރޭލިއާ އާއި ޖަޕާނުގެ އިތުރުން ނިއު ޒީލޭންޑް، އަޔަލޭންޑް، އިޓަލީ އަދި ބްރެޒިލްއަށެވެ. އޭގެ ބޭނުމަކީ އިންސްޓަގްރާމްގައި ލައިކްސް ހޯދުމަށް އޮންނަ ޕްރެޝަރު ކުޑަ ކުރުން ކަމަށް އެކުންފުނިން ބުންޏެވެ.

"މިޓެސްޓުގެ ސަބަބުން ލައިކްސް ހޯދުމަށް އޮންނަ ޕްރެޝަރު ކުޑަވެ، އެމީހަކު ހިއްސާ ކުރަން ބޭނުންވާ އެއްޗެއް ހިއްސާ ކުރުމަށް އިސްކަން ދެވޭނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން،" އޮސްޓްރޭލިއާ އާއި ނިއު ޒީލޭންޑުގައި ހުންނަވާ ފޭސްބުކުގެ ޑިރެކްޓާ އޮފް ޕޮލިސީ، މިއާ ގާލިކް ވިދާޅުވި އެވެ.

އެ އަޕްޑޭޓް ހުރިހާ ގައުމަކަށް ތައާރަފް ކުރުމާ މެދު އިންސްޓަގްރާމުން ގޮތެއް ނިންމާނީ އަދި ފަހުންނެވެ.

comment ކޮމެންޓް