އުކާލާ ތެޔޮ އަޅަން 86 ރަށެއްގައި ތެޔޮ ފީފާ ބަހައްޓަނީ

ތެޔޮ ފީފާއެއް -- ފޮޓޯ: ބްލޫ ޕީސްް

ރާއްޖޭގައި އުކާލާ ތެޔޮ އަޅަން 86 ރަށެއްގައި ތެޔޮ ފީފާ ބަހައްޓަން ރާއްޖޭގެ ކަނޑުތައް ހިމާޔާތް ކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ޕާލޭ މޯލްޑިވްސްއިން ނިންމައިފިއެވެ.

ޕާލޭ މޯލްޑިވްސްގެ އެކްޒެކިއުޓިވް ޑިރެކްޓަރު ޝާހިނާ އަލީ "ސަން" އަށް ވިދާޅުވީ އެ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ އެލިއާއާ ގުޅިގެން ކަމަށެވެެ.

ޝާހިނާ ވިދާޅުވީ ކަނޑުދަތުރުފަތުރުކުރާ އުޅަނދުތަކުގެ އިންޖީނުގެ ތެޔޮ ބަދަލުކުރާއިރު ކަނޑަށް ތެޔޮ އަޅަމުންދާތަން ވަރަށް ގިނައިން ފެންނަމުންދާ ކަމަށެވެ. އެގޮތުން 250 ހޯސްޕަވަރުގެ އިންޖީނު ލީ އުޅަނދަކުން މިހާރުވެސް 1.5 ލީޓަރު ތެޔޮ އަޅާ ކަމަށެވެ. އެހެންކަމުން 1000 އިންޖީނުން 100 ފީފާގެ ތެޔޮ ކަނޑަށް އަޅާކަންވެސް ޝާހީނާ ފާހަގަކުރެއްވިއެވެ.

ޝާހިނާ ވިދާޅުވީ އެ ތެޔޮ ފީފާތައް ބަހައްޓާނެ ރަށްތައް އަދި ނުނިންމާ ކަމަށެވެެ.

"މިހާރުވެސް އަޅުގަނޑުމެން މަސައްކަތް ކުރަން އެބަ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން. ހީވަނީ އެ ރަށްރަށުގަހެން ފީފާތައް ބަހައްޓާނީ،" ޝާހީނާ ވިދާޅުވިއެވެ.

ޕާލޭއިން ހިންގާ ދުނިޔޭގެ އެކި ގޮފިތަކުން މިހާރުވެސް ދަނީ އުކާލާ ތެޔޮ ރިސައިކަލްކޮށް އެތެލުން އެކި ވައްތަރުގެ ބޭނުންތެރި އެއްޗެތި އުފައްދަމުންނެވެ.

ޕާލޭއިން މިހާރުވެސް 86 ރަށެއްގައި ދަނީ ޕްލާސްޓިކް ރިސައިކަލް ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

comment ކޮމެންޓް