މިރޭ ރާއްޖޭގައި ހަނދުކޭތަ ނަމާދު ކުރާނެ

ހަނދުކޭތަ ހިފަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިރޭ ރާއްޖެ ގަޑިން 11:43 ގައި ހިފާ ހަނދުކޭތަ އާއި ގުޅިގެން ކުރާ ކޭތަ ނަމާދު ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން ކައުންސިލު ތަކަށް ފޮނުވި ސާކިޔުލާއެއްގައި ބުނީ މިރޭ ރާއްޖެގަޑިން 23:43 އިން ފަތިހު 5:17 އާއި ދެމެދު ފުރިހަމަ ހަނދުކޭތައެއް ހިފާނެ ކަމަށެވެ.

އެ ކޭތަ ރާއްޖެއަށް ފެންނާނެ ކަމަށާއި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށެވެ.

ކޭތަނަމާދު ކުރާނީ މެންދަމު 3:30 ގައި ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް