އެސްޓީއޯއިން އަނެއްކާ ވެސް ޕެޓްރޯލްގެ އަގު ހެޔޮކޮށްފި

އެފްއެސްއެމް ފިއުލް ސުޓޭޝަނުން ހިދުމަތް ދެނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯއިން ވިއްކާ ޕެޓްރޯލްގެ އަގު އަނެއްކާ ވެސް ހެޔޮކޮށްފި އެވެ.

މިއީ މިއަހަރު ތެރޭ އެ ކުންފުނިން ތެލުގެ އަގު ހެޔޮ ކުރި ހަތަރު ވަނަ ފަހަރެވެ.

އެސްޓީއޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މާދަމާއިން ފެށިގެން ޕެޓްރޯލް ލީޓަރަކުން އެއް ރުފިޔާ ހެޔޮ ކުރަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން، މާދަމާއިން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ، 10.13 ރުފިޔާއަށެވެ.

އެހެން ނަމަވެސް، ޑީސަލް ވިއްކާ އަގަށް މިފަހަރު ބަދަލު ގެނެސްފައެއް ނުވެ އެވެ.

އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގު ހެޔޮކުރީ، މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. އެގޮތުން، އެ ފަހަރު ޕެޓްރޯލް ލީޓަރެއް ވިއްކާ އަގު 11.13 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް ވިއްކާ އަގު، 11.19 ރުފިޔާއަށް ކުޑަކުރި އެވެ.

comment ކޮމެންޓް