ގަނެގެން ގެންދިޔަ ކުއްޖާ ޖެންޑާގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޖެންޑާ މިނިސްޓަރު ޝިދާތާއި އެ މިނިސްޓްރީގެ ބޭފުޅުން މަޖިލީހުގެ ކޮމިޓީއެއްގައި ---

ދެކުނުގެ ރަށެއްގައި ކުއްޖަކު ގަނެގެން ގެންގޮސްފައި ވަނިކޮށް، ޖެންޑާ މިނިސްޓްރީން އެކުއްޖާ ގޮވައިގެން ގޮސްފިއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ އަތޮޅާ ޖެހިގެން އޮންނަ އަތޮޅެއްގެ ރަށަކުން ގަނެފައި ވަނީ އެއް އަހަރުގެ ކުއްޖެއް ކަމަށެވެ. އަދި އެ ކުއްޖާ ގަނެފައި ވަނީ 30،000 ރުފިޔާ އަށް ކަމަށް އޭނާ ބުންޏެވެ.

"އިއްޔެ މިރަށުން ބަޔަކު ގޮސް އެ ކުއްޖާ ގަނެގެން އައީ،" އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ އެ ކުއްޖާ ވިއްކާލީ ކުއްޖާގެ މަންމަ ކަމަށާއި ކުއްޖާ ގަތީ ދަރިން ނުލިބިގެން އުޅޭ ދެމަފިރިއަކު ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ޖެންޑާ މިނިސްޓްރީގެ ޓީމެއް އެރަށަށް ގޮސް އެ ކުއްޖާ ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ބަހެއް ހޯދާލުމަށް ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހިމް މުހައްމަދަށް ގުޅުމުން ފޯނު ނުނަގާތީ، އެ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ފުލުހުން ބުނީ ކުޑަކުއްޖަކު ވިއްކާލި ކަމަށް ބުނެ، ހުށަހެޅުނު މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އިތުރު ތަފްސީލު މިވަގުތު ދެވެން ނެތް ކަމަށެވެ.

comment ކޮމެންޓް