ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ބިރު ދައްކައިގެން އދ. އޮމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި

އދ. އޮމަދޫ: އެ ރަށު ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ބިރު ދެއްކި މައްސަލައެއްގައި ކައުންސިލްގެ ރައީސް ވަނީ ހައްޔަރު ކޮށްފައި ---

އދ. އޮމަދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ތަކުރާރުކޮށް ބިރުދެއްކި މައްސަލައެއްގައި އޮމަދޫ ކައުންސިލްގެ ރައީސް އަދުނާނު އަބްދުﷲ ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ތަކުރާރުކޮށް ބަޔަކަށް ބިރު ދައްކައި އިންޒާރު ދިން މައްސަލައެއްގައި މިއަދު ހަވީރު 5:48 އެހައިކަންހާއިރު، ކޯޓު އަމުރެއްގެ ދަށުން އޮމަދޫ އިން 42 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޮމަދޫ އިން ފުލުހުން ހައްޔަރު ކޮށްފައިވަނީ އެ ރަށު ކައުސިލްގެ ރައީސް އަދުނާނު އަބްދުﷲ އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ، އޭނާގެ އަންހެނުން ވިހައިގެން މާލޭގެ ހޮސްޕިޓަލަކުން ދީފައިވާ ބޭސް ސިޓީ އެ ރަށު ސިއްހީ މަރުކަޒުން އާ ނުކޮށްދިނުމުގެ ސަބަބުން އުފެދުނު ހިތް ހަމަ ނުޖެހުންތަކަކާ ގުޅިގެންނެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، އެ މައްސަލައިގައު ކައުންސިލްގެ ރައީސް އަދުނާނު އަބްދުﷲ ވަނީ ތަކުރާރުކޮށް ސިއްހީ މަރުކަޒަށް ގޮސް އެ ތަނުގައި ހުރި ޑޮކްޓަރުގެ އިތުރުން މުވައްޒަފުންނާ ޒުވާބުކޮށް ބިރު ދައްކައި އިންޒާރުދީފައި ކަމަށެވެ.

comment ކޮމެންޓް