ރަފީ ޖަމިއްޔާގެ ވައިމާސް ޕްރޮގްރާމް ނިންމާލައިިފި

ރަފީ ޖަމިއްޔާއިން ހިންގި ވައިމާސް ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ: ރަފީ

ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު، (ރަފީ) ޖަމިއްޔާއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ޔޫތު އޭޒް މިލޭނިއަމް އެސެޓްސް ސީރީޒް (ވައިމާސް)ގެ ފުރަތަމަ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ސިލްސިލާކޮށް ކޮންމެ އަހަރަކު ކުރިއަށް ގެންދާ އެ ޕްރޮގްރާމަށް މިއަހަރުވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަށް ރަފީ ޖަމިއްޔާގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހަތްދިހަ ޒުވާނުންނާއެކު އިއްޔެ ވައިމާސް ޕްރޮގްރާމް ކުރިޔަށް ގެންދިޔައިރު، ރަފީ ޖަމިއްޔާއިން އިންތިޒާމުކޮށްގެން ކުޑަކުދިންނަށް ޙާއްސަކޮށްގެން މިލީނިއަމް ކިޑްސް ވީކެންޑް ފަންގެ ނަމުގައި ވަނީ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފަ އެވެ.

ސިންގަޕޫރުގެ އެޑްސްޓާ ގްލޯބަލްއާ ގުޅިގެން ހިންގާ ވައިމާސް ޕްރޮގްރާމަކީ ދިވެހި ޒުވާނުން ބާރުވެރި ކުރުވާ، މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހެދުމަށް، ރަފީ ޖަމިއްޔާއިން އުފައްދާފައިވާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރަމްގެ ތެރެއިން އަލިއަޅުވާލާ މުހިންމު ބައިތަކުގެ ތެރޭގައި "ހޯޕް ފޯރ އަ ބެޓަރ ލައިފް"، "އެޓިޓިއުޑް ފޯރ ޗޭންޖް"، "ރެސްޕެކްޓް ފޯރ ހިއުމޭނިޓީ" އަދި "ސްޓްރައިވް ފޯ އެކްސެލެންސް" ހިމެނެ އެވެ.

އެ ސެޝަންތަކުގައި ބައިވެރިވާ ފަރާތްތަކަށް އަމިއްލަ ނަފްސު ކުރިއަރުވާ ތަރައްގީ ކުރުމަށް ބޭނުންވާ މުހިއްމު ފިލާވަޅުތަކެއް ދަސްވުމުގެ އިތުރުން، ލީޑަރެއްގެ ގައިގައި ހުންނަން ޖެހޭ އެންމެހާ ސިފަތަށް ދަސްވެގެންދާނެކަމުގައި ރަފީއިން ބުންޏެވެ.

comment ކޮމެންޓް