ޕޭ ޓޮއިލެޓެއް ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ޕޭ ޓޮއިލެޓެއް ތެރޭގައި މަރުވެފައި އޮތް މީހަކު ވަނީ ފެނިފައި -- ސަން ފައިލް ފޮޓޯ:

މާލޭގެ ޕޭ ޓޮއިލެޓެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިއަދު ހެނދުނު 10:3 އެހާކަންހާ އިރު، ކުރަނގި ގޯޅި ތެރޭގައި ހުރި ޕޭ ޓޮއިލެޓެއް ގޮނޑި މަތީގައި ވެއްޓިފައި އޮތް، 54 އަހަރުގެ ފިރިހެނަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މީހާ މަރުވެފައިވާ ކަމަށް އޭޑީކޭ އިން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންނެވެ.

ނަމަވެސް އޭނާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހްގީގް ކުރަމުންނެވެ.

comment ކޮމެންޓް