ވިޒިޓް ލާމު ފޮޓޯގްރަފީ އެމްބެސަޑަރަކަށް ވުމުގެ ފުރުސަތު

ލ އަތޮޅު ބޮޑު މަގު --- ސަންފޮޓޯ/ ފާތިމަތު ސައީދު

ލާމު އަތޮޅު ޕްރޮމޯޓްކޮށް އެ އަތޮޅަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު އިތުރު ކުރުމަށް ހިންގާ "ވިޒިޓް ލާމު" އިން ފޮޓޯގްރަފީ އެމްބެސަޑަރުން ހޮވުމަށް ނިންމައިފިއެވެ.

"ސަން" އަށް މައުލޫމާތު ދެމުން "ވިޒިޓް ލާމު" އިން ބުނީ ލާމު އަތޮޅުގެ ރީތިކަން ދައްކާލުމަށް ފޮޓޯތައް ނަގާ ފޮޓޯގްރާފަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އެމްބެސެޑަރުން ހޮވުމަށް ނިންމާފައިވާކަމަށާއި ވިޒިޓް ލާމުގެ އެމްބެސަޑަރުން ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

"ލާމު ޕްރޮމޯޓް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ފޮޓޯގްރަފީ އެމްބެސަޑަރުން ނަގަން ނިންމާފައިމިވަނީ އެމީހުންގެ އަގު ވަޒަން ކުރުމަށް، އޭގެ އިތުރުން ލާމަށް ޒިޔާރަތް ކުރާ ފަރާތްތަކުން ފޮޓޯ ނަގަން ބޭނުންނަމަ ގުޅޭނެ ފަރާތެއް އަވަސް ކަމާއެކު ހޯދައިދިނުމަށް." ވިޒިޓް ލާމުގެ އޮފިޝަލަކު ބުންޏެވެ.

ވިޒިޓް ލާމުގެ އެމްބެސަޑަރަކަށްވުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އެބައޮތެވެ. އެކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން އެމްބެސަޑަރުން ހޮވާނި ހަމަޖެހިފައިވަނީ ޖަޖުންގެ ޕެނަލްއަކުންނެވެ.

ވިޒިޓް ލާމަކީ ރެޖިސްޓްރީކޮށްގެން ހިންގާ ހަރަކާތެކެވެ ވިޒިޓް ލާމު އިން ލާމު އަތޮޅު ޕްރޮމޯޓް ކުރުމަށް ލަވައެއް ނެރުމަށް ނިންމާފައިވާއިރު އިތުރު ހަރަކާތްތަކެއްވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

އެމްބެސެޑަރަކަށް ވުމަށް ރެޖިސްޓްރީ ވުމަށް: https://visitlaamu.org/ambassador/

comment ކޮމެންޓް