އީޝާ ޑިއޯލް އަށް އަންހެން ކުއްޖެއް، ނަމަކީ މިރާޔާ

އީޝާގެ ދެވަނަ ދަރިފުޅުގެ ނަމަކަށް ކީ މިރާޔާ---

ބޮލީވުޑް އެކްޓްރެސް އީޝާ ޑިއޯލް އަށް އަންހެން ކުއްޖެއް ލިބިއްޖެ އެވެ.

އެ ކުއްޖާ އަކީ އީޝާ އާއި އޭނާގެ ފިރިމީހާ ބާރަތުގެ ދެވަނަ ކުއްޖާ އެވެ.

އިންސްޓަގްރާމް މެދުވެރިކޮށް އެ އުފާވެރި ހަބަރު އޭނާ ވަނީ ހިއްސާކޮށްފަ އެވެ. ޕޯސްޓުގައި ބުނީ އަންހެން ކުއްޖެއް ލިބިއްޖެ ކަމަށާއި ދަރިފުޅުގެ ނަމަކީ މިރާޔާ ކަމަށެވެ. ދަރިފުޅު ވިހެއީ މިމަހު 10 އެއްގަ އެވެ.

އެދެމަފިރިންނަށް މީގެ ކުރިން ވެސް ލިބުނީ އަންހެން ކުއްޖެކެވެ. އެދެމީހުނަށް ފުރަތަމަ ދަރިފުޅު ލިބިފައި ވަނީ 2017 ވަނަ އަހަރު އޮގަސްޓު މަހުގަ އެވެ.

އީޝާ އަކީ ބޮލީވުޑުގެ ކާމިޔާބު ބަތަލާ ހެމާ މާލިނީ އާއި އެކްޓަރު ދަރްމެންދުރަގެ އަންހެން ދަރިފުޅެވެ.

އީޝާ އާއި މުމްބާއީގެ ވިޔަފާރިވެރިޔާ ބާރަތު ކައިވެނި ކޮށްފައި ވަނީ 2012 ވަނަ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ. އެ ދެމީހުންނަކީ ކުޑަ އިރުން ފެށިގެން ވެސް ގާތް އެކުވެރިންނެވެ. ނަމަވެސް ސްކޫލް ނިމުމަށް ފަހު ދެ މީހުން ވެސް އަމިއްލަ މިސްރާބަކަށް ދަތުރު ފެށި އެވެ.

އެއަށް ފަހު ދެމީހުން އަލުން ދިމާވީ 2011 ވަނަ އަހަރު ރިލީޒް ކުރި އީޝާގެ ފިލްމު 'ޓެލް މީ އޯ ޚުދާ'ގެ ޝޫޓިންގްގެ ތެރެއިންނެވެ. އެއަށް ފަހު ދެމީހުން ލޯބީގެ ގޮތުން ގުޅި ކައިވެނި ކުރީ އެވެ.

comment ކޮމެންޓް