ރަފީ ޖަމިއްޔާގެ ވައިމާސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރަފީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން--- ފޮޓޯ: ރަފީ ޖަމިއްޔާ

ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު، (ރަފީ) ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ، ޒުވާނުންގެ މެދުގައި މަގުބޫލު ވައިމާސް ސީރީސްގެ ފުރަތަމަ ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުސަތު އެ ޖަމިއްޔާގެ ފޭސްބުކް މެދުވެރިކޮށް ހުޅުވާލައިފިއެވެ.

" ޔޫތު އޭޒް މިލީނިއަމް އެސެޓްސް" ނުވަތަ ވައިމާސް ޕްރޮގްރާމަކީ، ސިންގަޕޫރުގެ އެޑްސްޓަރ ގްލޯބަލްއާއި ގުޅިގެން، ދިވެހި ޒުވާނުން ބާރުވެރި ކުރުވާ، މުޖުތަމަޢުއަށް ފައިދާހުރި ބަޔަކަށް ހެދުމަަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މަދަނީ ޖަމިއްޔާއެއް ކަމުގައިވާ ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިންގ ޔޫތްއިން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމް ބޭއްވުމަށް ހަމަޖައްސައިފައިވަނީ މިމަހު 22 ވަަނަ ދުވަހުއެވެ.

ޖުމްލަ ހަތަރު ޕްރޮގްރާމަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ސީރީޒް ފުރިހަމަ ކުރާ ބައިވެރިންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ބައިވެރިންނަށް، "މިލީނިއަމް ޔޫތު ލީޑަރޒް ކޭމްޕް"ގައި ތަމްރީން ވުމުގެ ފުރުޞަތު ފުރުސަތު ރަފީން ދަނީ ދެމުންނެވެ. އަދި އެންމެ މަތިން މާކްސް ހޯދާ ބައިވެރިންނަށް މިލީނިއަމް ޔޫތު އެމްބެސަޑަރަކަށް ވުމުގެ ޝަރަފު ލިބިގެން ދެއެވެ.

އޭގެ ސަބަބުން، ގައުމީ ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގެ އެކި ޕްލެޓްފޯމްތަކުގައި ރާއްޖެ ތަމްސީލް ކުރުމުގެ އިތުރުން، ބިނާކުރުވަނިވި ގިނަ ފުރުސަތުތަކެއް ރަފީ ޖަމިއްޔާ މެދުވެރިކޮށް މިލީނިއަމް ޔޫތް އެމެބެސެޑަރުންނަށް ލިބިގެންދެއެވެ. މިއީ ރަފީއިން މި ޕްރޮގްރާމް ހިންގާ 4 ވަނަ އަހަރެވެ.

ޕްރޯގްރާމާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ރަފީ ޖަމިއްޔާގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިފަހަރުގެ ވައިމަސް ސެޝަން ތަކުގައިވެސް ސްޕީކަރުންގެ ގޮތުގައި ފާހަގަ ކޮށްލެވޭ، ތަޖުރިބާކާއު އިލްމުވެރި ބޭފުޅުން ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ދަމާސް ކުންފުނީގެ ސީއޯއޯ އަދި ވައިމަސް ޕްރޮގްރާމްގެ ސިގްނޭޗަރ ސްޕީކަރކަމަށްވާ މުޙައްމަދު ޝިހާބް، މަޝްހޫރު ޓްރެއިނާރ، ސްޕީކަރ އަދި ވައިމަސް ޕްރޮގްރާމްގެ ސިގްނޭޗަރ ސްޕީކަރކަމަށްވާ މަސްއޫދު އަލީ، އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ، ހެޕީ މާކެޓްގެ ސީއީއޯ ޢަލީ އިޙްސާން އަދި އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދު ﷲ ރަޝީދްވެސް ބައިވެރިން ތަމްރީން ކުރުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.

އެއް ދުވަހުގެ މުއްދަތައް ކުރިޔަށްގެންދާ، މިޕްރޮގްރަމްގެ ސެޝަންތައް އަލިއަޅުވާލާނެ ސުރުހީތަކުގެ ތެރޭގައި، "ހޯޕް ފޯރ އަ ބެޓަރ ލައިފް"، " އެޓިޓިއުޑް ފޯރ ޗޭންޖް"، "ރެސްޕެކްޓް ފޯރ ހިއުމޭނިޓީ" އަދި ސްޓްރައިވް ފޯރ އެކްސެލެންސް" ހިމެނެއެވެ.

ރަފީއިން ބުނީ އެ ހަތަރު ސެޝަނުން ބައިވެރިންނަށް އަމިއްލަ ނަފްސު ކުރިއަރުވާ ތަރައްޤީ ކުރުމަށް ބޭނުންވާ މުހިއްމު ފިލާވަޅުތަކެއް ދަސްވެގެންދާނެވެ. އަދި ލީޑަރުންގެ ކިބައިގައި އަށަގަންނުވަން ޖެހޭ މުހިއްމު ހުނަރުތައް ކަމުގައިވާ އަމިއްލައަށް އިސްނެގުމާއި ގުޅިގެން މަސައްކަތް ކުރުން ފަދަ ކަންކަން ދަސްވެގެންދާނެއެވެ.

comment ކޮމެންޓް