ވިއްސާރަވެ 50 މޭލަށް ވައިގަދަ ވާނެ

މޫސުން ގޯސްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓު އޮފީހުން ބުނެފިއެވެ.

މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ދެކުނާއި ހުޅަނގުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައެވެ. އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަކަށްް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭކަމަށް ވެސް މެޓުން ބުނެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުގަދަ ވެ، ތިންފޫޓާއި ހަފޫޓާ ދެމެދަށް ރާޅު އުފުލޭނެ ކަމަށް ބެލެވޭތީ، އުތުރާ މެދުތެރޭގެ ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށް ވެސް މެޓުން ބުނެއެވެ.

ވިއްސާރަ ވެ ކަނޑުގަދަ ވާނެތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުންް އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް