ހުކުރު މިސްކިތް މަރާމާތު ކުރަން އިންޑިއާއިން އެހީވަނީ

ހުކުރު މިސްކިތް. -- ސަން ފައިލް ފޮޓޯ

މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭން އިންޑިއާއިން އެއްބަސްވެއްޖެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ރާއްޖެ ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ވަނީ ރަސްމީ ބައްދަލުވުންތަކެއް ބާއްވާފަ އެވެ. ބައްދަލުވުންތަކަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ބޮޑު ވަޒީރު މޯދީ ވިދާޅުވީ ތާރީހީ ހުކުރު މިސްކިތް މަރާމާތު ކޮށް އާބާތުރަ ފިލުމުގެ މަސައްކަތުގައި އެހީވުމަށް އިންޑިއާއިން މިއަދު އެއްބަސްވެފައިވައިވާ ކަމަށެވެ.

"ތާރީހީ ހުކުރު މިސްކިތުގެ މަރާމާތުގެ މަސައްކަތުގައި އެއްބާރުލުން ދިނުމަށް އަޅުގަނޑުމެން މިއަދު ވަނީ އެއްބަސްވެފައި." އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި އެވެ.

މިއަދު އިންޑިއާއިން ވަނީ ރާއްޖެއަށް ގިނަ ކަންތައްތަކެއް ކޮށްދޭން އެއްބަސްވެ ދެގައުމުގެ ދެމެދުގައި އެމްއޯޔޫތަކެއްގައި ސޮއިކޮށްފަ އެވެ. އެގޮތުން މާލެ ކުޅުދުއްފުށި އަދި އިންޑިއާގެ ކޮޗީއާ ދެމެދު ފެރީގެ ހިދުމަތް ގާއިމް ކުރުމަށްވެސް ދެގައުމުން އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.

ބޮޑުވަޒީރު މޯދީ ވިދާޅުވީ އެއީ ރާއްޖެއާ އިންޑިއާގެ ރައްޔިތުންގެ މެދުަގއި އޮތް ގުޅުން ބަދަހި ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކަމެއް ކަމަށެވެ.

މާލޭ ހުކުރު މިސްކިތުގެ ލޭޒާ ސްކޭން --

މީގެ ކުރިންވެސް ރާއްޖެއަށް އެހީ ބޭނުންވާ ހާލަތްތަކުގައި އެންމެ ކުރީ ސަފުގައި އޮތީ އިންޑިއާކަން ފާހަގަކޮށް މޯދީ ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގައި އިންޑިއާ އެހީވާނެ ކަމަށް މޯދީ ވިދާޅުވި އެވެ.

ދިވެހިންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށް އިންޑިއާއިން އެހީވަމުންދާ ކަމަށް މޯދީ ވިދާޅުވި އެވެ. އެގޮތުން ޕޯޓުތަކާއި ކޮމިއުނިޓީ ސެންޓަރުތައް އަދި އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ ފެރީގެ ހިދުމަތްތަކުގެ އިތުރުން އައުޓްޑޯ ޖިމް ސާމާނުވެސް އިންޑިއާއިން ދެމުންދާ ކަމަށް މޯދީ ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނަށް ސީދާގޮތުން ފައިދާ ކުރާނެ މިފަދަ އެތައް ޕްރޮޖެކްޓެއްގައި އިންޑިއާއިން ދަނީ އެހީވަމުން." ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި އެވެ.

އިންޑިއާ-ރާއްޖެއިން މިއަދު ސޮއިކުރި އެއްބަސްވުންތައް

  • ސިއްހީ ދާއިރާ އިން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުން
  • ދިވެހި ސިވިލް ސާވަންޓުން ތަމްރީނުކޮށް ސިވިލްސާވަންޓުންގެ ފަންނީ ގާބިލްކަން އިތުރު ކުރުމުގެ އެއްބަސްވުން
  • ހައިޑްރޯގްރަފީ އަދި އޯޝަން އިކޮނޮމީ އާއި ގުޅޭ އެއްބަސްވުން
  • އެމްއޯޔޫ އޮން ޝެއަރިން ވައިޓް ޝިޕިން އިންފޮމޭޝަން ބިޓްވީން އެމްއެންޑީއެފް އެންޑް އިންޑިއަން ނޭވީ
  • ކޯޕަރޭޝަން އޮން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިން
comment ކޮމެންޓް

comment އަލިބެ

6 year 10 month ago

ދަންނަވަންތޯ ހުކުރު މިސްކިތް މަރާމާތުކޮށްދޭން އަލިފުށި ވަޑިން ކައިރީ ބުނެލިޔަސް އެކަން ކޮށްލަދޭނެ.. މިވަގުތު މިޤައުމަށް ކޮށްދެވޭނެ އެންމެ މުހިންމު ކަމަކީ ދިރިއުޅުމުގެ އެންމެ މުހިންމު އެއް އަސާސް ކަމުގަވާ ގެދޮރު ނެތިފަ ތިބި އެތަކެއް އާއިލާ އަކަށް ގެދޮރު ލިބޭނެ ގޮތެއް އަވަސް މުސްތަޤުބަލެއްގަ ހަމަޖައްސައިދިނުމެވެ.ފުރަ މާލޭގަ އެތައް ހާސް ބަޔަކު ދިރިއުޅެމުން އެދަނީ ކޮންފަދަ ދަރިހާލެއްގަތޯ؟ ބުރަ މަސައްކަތުން ހޯދާ ރުފިޔާކޮޅު މާލޭ ގެދޮރު ވިޔަފާރި ކުރާ މުއްސަނދިންނަށް ދައްކާލަ ދައްކާލާ މުޅި އުމުރު އެހުސްކޮށްލީ ކިތައް މީހުންތޯ.. މިކަމުގެ ސަބަބުން ކިތައް އާއިލާތޯ ބިކަވެގެން އެދިޔައީ.. ހާހަކުން ފަހަރަކު އަޅާ މަދު ފުލެޓް ކޮޅުވެސް މަޙްޖަނުން ނަށް،އަދި ސިޔާސީ މީހުންނާ އެމީހުންގެ މަސްލަޙަތު ހުރި ފަރާތްތަކަށް.. ދައުލަތުން އެތައް ބިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވި މީހުންވެސް މިއަދު ހުދު ކާފޫރުކޮޅަކަށްވީ.. ޤައިމު ކިތައް ހާސް ފުލެޓް އަޅާ ލާރި އެއީ.. އަބަދުވެސް ދެރަމީހުންނަށް ދެރަގޮތް..