ސޮއްޕެގެ އަލްބަމް ލަވަފޮއްޓަށް ދޫކޮށްލައިފި

މަޝްހޫރު ރެޕާ ސޮއްޕެ----

ދިވެހި މިއުޒިކް އިންޑަސްޓްރީގައި މިވަގުތު އެންމެ ފާހަގަކޮށްލެވޭ އެއް ރެޕާ ސޮފްވާން އަލީ (ސޮއްޕެ)ގެ އާ ލަވަ އަލްބަމެއް ލަވަފޮށީގައި މިއަދު ރިލީޒްކޮށްފިއެވެ.

މިއީ ސޮއްޕެގެ ފޭނުންނަށް ދޫކޮށްލާ އީދު ހަދިޔާއެކެވެ. އަލްބަމް ރިލީޒްކުރިއިރު ޖުމްލަ 11 ލަވަ އަލްބަމްގައި ހިމެނެއެވެ.

ލަވަ ފޮށި"އާއި ގުޅިގެން ސޮއްޕެ ތައްޔާރުކޮށްފައިވާ އެ އަލްބަމްގައި ހިމެނޭ ރެޕްތަކަކީ ސޮއްޕެގެ އަމިއްލަ ރެޕްތަކެކެވެ.

ސޮއްޕެގެ އެންމެ ހިޓުވި އެއް ލަވައަކީ، 2013 ވަނަ އަހަރު ދިޓީވީގެ "ތަރިންގެ ރޭ" ޝޯގައި މީރާ މުހައްމަދު މާޖިދުއާ އެކު ޕަފޯމްކުރި "އެޅި މި ކަނޑުމަތި"އެވެ. މި ލަވައަކީ މީރާގެ ބައްޕަ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު)ގެ ލަވައެކެވެ. މި ލަވައިގެ ކަވާއެއް 2013 ވަނަ އަހަރު މީރާއާ އެކު ޕަފޯމްކުރި އިރު، އެ ލަވައިގައި ސޮއްޕެ ހުށަހަޅައިދިން ރެޕް ގިނަ ބަޔަކަށް ކަމުދިޔައެވެ.

ދާދި ފަހުންވެސް ސޮއްޕެ ވަނީ ދެ ލަވައެއް އާންމުންނަށް ގެނެސްދީފައެވެ. އެއީ "ވަރަށް ނުރައްކާ" އަދި މީރާއާއެކު ކިޔާފައިވާ ލަވަ "ގާތިލް"އެވެ.

comment ކޮމެންޓް