އުރީދޫ ބަދިގެ: ކަންކުން ބީފް

ބީފްއަކީވެސް އަހަރެމެންގެ ތެރެއިން ގިނަބަޔަކަށް ވަރަށް ކަމުދާ އެއްޗެކެވެ. ތަފާތު އެކިގޮތްގޮތަށް ބީފް ތައްޔާރުކުރެވޭއިރު މީގެތެރެއިންވެސް ކަންކުން ބީފްއަކީ ދިވެހިންނަށް ވަރަށް ކަމުދާ ޑިޝްއެކެވެ. މިއަދު ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯއިން މި ތައްޔާރުކޮށްލައިދެނީ ކަންކުން ބީފްއެވެ.

ބޭނުންވާ ތަކެތި

  • 125 ގްރާމް ބީފް (ހިމަ ދިގުކޮށް ކޮށާފައި)
  • 75 ގްރާމް ކަންކުން
  • 25 ގްރާމް ލޮނުމެދު
  • 25 އެމްއެލް އޮއިސްޓާ
  • 20 އެމްއެލް ޑާރކް ސޯއީ ސޯސް
  • ހިކި މިރުސް
  • 15 ގްރާމް ތެޔޮ
  • ލޮނާއި އަސޭމިރުސް (އޮޕްޝަނަލް)

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ތެލި ހޫނުކުރުމަށްފަހު ތެޔޮ އަޅާ، ތެޔޮ ހޫނުވާން ފެށުމުން ބީފްއަޅާ ރަނގަޅަށް ރޯ ފިލުވާލާށެވެ. އެއަށްފަހު ލޮނުމެދާއި މިރުސް އަޅާ 2 މިނިޓް ވަރު ކައްކާލާށެވެ. އެއަށްފަހު އޮއިސްޓާ ސޯސް އާޢި ސޯއީ ސޯސް އަޅާލާށެވެ. އެންމެފަހުން އަޅާނީ ކަންކުން އެވެ. އަދި އިތުރަށް 2 މިނިޓް ކައްކާލުމަށްފަހު ބަތް ނުވަތަ ރޮށްޓާއި އެކީ ސާރވްކޮށްލާށެވެ.

comment ކޮމެންޓް