ހުޅުމާލޭގައި ދެކުއްޖަކާ ބެހުނު މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ

ހުޅުމާލެ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގައި ދެ ކުޑަކުއްޖަކާ ބެހުނު މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށެވެ.

ހަ އަހަރުގެ ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވެފައިވާއިރު އެ ދެކުދިންނަށް ހޫޅުމާލޭ ހޮސްޕިޓަލުގައި ވަނީ ފަރުވާވެސް ދީފައެވެ. އެ ދެކުދިިންނަށް ގަދަކަމުން ޖިންސީ ގޯނާ ކުރީ ފިރިހެނެކެވެ.

ކުޑަ ކުދިން ހިމެނޭ މައްސަަލަކަށް ވާތީ އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިދިޔަ ހަފްތާގައިވެސް ރާއްޖޭގެ ދެކުނުގެ ރަށެއްގައި ދެ ބެއިންވެގެން ކުޑަ އަންހެން ކުއްޖަކާ ބެހުނު މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. އެ ކުޑަ އަންހެންކުއްޖާ އާއި ބެހިގެން ކުއްޖާގެ މަންމަގެ ކުރީގެ ލޯބިވެރިޔާ، 71 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.

comment ކޮމެންޓް