ދިރާގު ކަސްޓަމަރުންނަށް އަންލިމިޓެޑް ވައިބާ ސްޓިކާ

ދިރާގު ކަސްޓަމަރުންނަށް މިހާރު ވައިބާގެ ޕްރިމިއަމް ސްޓިކާތައް އެންމެ 19 ރުފިޔާ ހަރަދުކޮށްގެން ޑައުންލޯޑު ކުރެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނި މާވެލް، ޑިޒްނީ، ކާޓުން ނެޓްވޯކު ފަދަ ކޮންޓެންޓް ޕްރޮޑިއުސަރުންގެ ޕްރިމިއަމް ސްޓިކާތައް ދިރާގު ކަސްޓަމަރުންނަށް ވައިބާ މެދުވެރިކޮށް ޑައުންލޯޑުކޮށް، ބޭނުން ކުރެވޭނެ ކަމަށެވެ.

މި ހިދުމަތް ހޯދުމަށް، ވައިބާ ސްޓިކާ ޕޯޓަލް މެދުވެރިކޮށް ލިންކުގައިވާ އިންސްޓްރަކްޝަން ފޮލޯ ކުރުމުން އޮޓޮމެޓިކުން ހިދުމަތަށް ސަބްސްކްރައިބު ކުރެވޭނެއެވެ. މި ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ބޭނުން ވަގުތަކު ހިދުމަތް އަން ސަބްސްކްރައިބުވެސް ކުރެވޭނެއެވެ.

comment ކޮމެންޓް