ރޯދައަށް ދިރާގުން ޕްރޮމޯޝަންތަކެއް، އިނާމު ހޯދުމުގެ ފުރުސަތު!

ރޯދައަށް ދިރާގުން ޕްރޮމޯޝަންތަކެއް ތައާރަފު ކުރުން -- ފޮޓޯ/ ދިރާގު

ރަމަޟާންމަހާ ދިމާކޮށް އަގުހުރި އިނާމުތަކަކާއެކު ދިރާގުން ތަފާތު ޕްރޮމޯޝަންތަކެއް ތައާރަފުކޮށްފިއެވެ.

މި ޕްރޮމޯޝަންތައް ދިރާގުން ތައާރަފުކުރީ އެ ކަމަށް ޓަކައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަންސް މެނޭޖަރު ހަސަން ޝާރިހު ވިދާޅުވި ގޮތުގައި މި އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ކަސްޓަމަރުންނަށް ފައިދާކުރާނެ އަގުހުރި ގިނަ އިނާމުތަކާއެކު ތަފާތު ޕްރޮމޯޝަންތައް ދިރާގުން ކުރިޔަށް ގެންދާނެއެވެ.

މިއަދު ދިރާގުން ލޯންޗުކުރި ޕްރޮމޯޝަންތައް:

ކަރާފެޅުން: ކޮންމެ ދުވަހަކު ދިރާގު އެޕްގައިވާ ކަރާ ފަޅައިގެން 2 ޖީބީގެ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ވަކި އަދަދަކަށް ކަރާ ފަޅައިގެން ޚާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. މި އިނާމުތަކުގެ ތެރޭގައި 10 ޖީބީ ހިލޭ ޑޭޓާ، އެއާޕޯޑް، ސެމްސަންގް އެސް 25 ފޯން، އެއް ޓީބީ ހިލޭ ޑޭޓާ އަދި ސްވިޒަލެންޑަށް ޗުއްޓީ ދަތުރެއް ވެސް ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ.

ހަދިޔާކޮށްގެން ހަދިޔާ ހޯދުމުހެ ފުރުސަތު: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، އެހެން ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

މެޖިކް ޑޭޓާ: ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ސިލެކްޓް ޑޭޓާ އެޑް-އޮން އެކްޓިވޭޓްކޮސްގެން ހިލޭ ބޯނަސް ޑޭޓާ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

ހިލޭ 5ޖީ ރައުޓަރެއް: އަލަށް 5ޖީ ޓާބޯ ޚިދުމަތް ނަގާ ކަސްޓަމަރުންގެ ތެރެއިން 549 ރުފިޔާއިން މަތީގެ ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް 5ޖީ ރައުޓަރެއް ލިބުމުގެ ފުރުސަތު ލިބޭނެއެވެ.

ހިލޭ އައިއެމްއޯ: ދިރާގު އެޕުން އެޑް-އޮން އެކްޓިވޭޓްކޮށްގެން ހިލޭ އައިއެމްއޯ 90 މުއްދަތަށް ލިބުމުގެ ފުރުސަތު ލިބޭނެއެވެ. މިއީ ބިދޭސީ ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދާ ޕްރޮމޯޝަނެކެވެ.

ޑޮނޭޓް އޮން އެޕް: ރަމަޟާން މަހަށް ޚާއްސަކޮށްގެން ދިރާގުން ވަނީ ފިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަށް 150،000 ރުފިޔާ ހަދިކުރުމަށް ނިންމައިފައެވެ. ދިރާގު ކަސްޓަމަރުންނަށް ވެސް މި ފުރުސަތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ޓަކައި ދިރާގު އެޕް މެދުވެރިކޮށް މި ރަމަޟާންމަހު އެ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުން: ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ.

މި ކަންކަމާ ގުޅޭގޮތުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ޖައިޝާން ހަމީދު ވިދާޅުވީ، މި ރަމަޟާން މަހު ވެސް ދިރާގުގެ ގުޑިފެސްޓް އަދި ތަށިބަރި މޫވްމެންޓް ކުރިޔަށްދާނެ ކަމަށެވެ. އަދި މި އަހަރު ވެސް ދިރާގާއި މަމްސް އެއިޑް ގުޅިގެން ރަމަޟާން އެއިޑް ކެމްޕެއިންގެ ދަށުން އެހީއަށް ބޭނުންވެފައިވާ 100 އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަން ވެސް ހާމަ ކުރެއްވިއެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމަޔަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.

comment ކޮމެންޓް