ތެލުގެ އަގު ބޮޑު ކުރިތާ މަހެއް ނުވެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ޕެޓްރޯލް ޝެޑޭއް: އެކުންފުނިން ވަނީ ޕެޓްރޯލާއި ޑީސެލްގެ އަގު ހެޔޮކޮށްފައި -- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ރޭ ދަންވަރު 12:00 އިން ފެށިގެން ހެޔޮކޮށްފި އެވެ.

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސެލްގެ އަގު މިރޭ ހެޔޮ ކޮށްފައިވާއިރު، މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން އެ ކުންފުނިން ވަނީ މި ތެލުގެ އަގު ބޮޑު ކޮށްފަ އެވެ.

އެސްޓީއޯ ރޭ ކުރި ޓްވީޓެއްގައި ބުނީ ރޭ 12:00 އިން ފެށިގެން ޕެޓްރޯލް ލިޓަރެއްގެ ވިއްކާނީ 11.39 ރުފިޔާއަށް ކަމަށެވެ. އަދި ޑީސަލް ލިޓަރެއް ވިއްކާނީ ވަނީ 11.97 ރުފިޔާއަށް ކަމަށެވެ.

މިއީ އެންމެ ފަހުން މި ދެ ބާވަތުގެ އަގަށް ގެނައި ބަދަލާ އަޅާބަލާއިރު، ޕެޓްރޯލުން 10 ލާރީގެ ހެޔޮވުމެކެވެ. އަދި ޑީސަލް ލިޓަރަކުން 14 ލާރީގެ ހެޔޮވުމެކެވެ.

އަގު ބޮޑު ކުރި އިރު، ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ، 11.49 ރުފިޔާއަށެވެ. އަދި ޑީސެލް ލީޓަރެއް ވިއްކަމުން އައީ، 12.11 ރުފިޔާއަށެވެ.

މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން މި ދެބާވަތުގެ އަގު ބޮޑު ކުރުމުގެ ކުރިން އެސްޓީއޯއިން ފެޓްރޯލް ލީޓަރެއް ވިއްކާފައި ވަނީ 10.79 ލާރިއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާފައިވަނީ 11.61 ލާރިއަށެވެ.

https://sun.mv/118814

comment ކޮމެންޓް