ދިއްފުށީ މާރާމާރީގައި ހާލު ސީރިޔަސްވި މީހާގެ ސާޖަރީއެއް ހަދައިފި

ކ. ދިއްފުށި: އެރަށުގައި ރޭ ވަނީ މާރާމާރިއެއް ހިނގާފައި

ކ. ދިއްފުށީގައި ރޭ ހިނގި މަރާމާރީގައި ހާލު ސީރިޔަސްވެގެން މާލެ ގެނައި މީހަގެ ސާޖަރީއެއް އައިޖީއެމްއެޗުގައި ހަދައިފި އެވެ.

އައިޖީއެމްއެޗުން ބުނީ އޭނާގެ ދެ އަތަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި އެއް އަތުގެ ސާޖަރީއެއް މިއަދު ހަދާފައިވާ ކަމަށެވެ.

"އޭނާގެ ހާލު އަންނަނީ ރަނގަޅު ވަމުން. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޮސްޕިޓަލުން ޑިސްޗާޖު ކުރާނެ،" އައިޖީއެމްއެޗުން ބުންޏެވެ.

ރޭގެ މާރާމާރީގައި ޒަހަމްވި އަނެއް މީހާއަށް ދިއްފުށީ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު ރޭ ވަނީ ދޫކޮށްލައިފަ އެވެ. އެނާ އަށް މާބޮޑު އަނިޔާއެއް ނުލިބެ އެވެ.

ރޭގެ މާރާމާރީ ހިނގާފައިވަނީ އެރަށުގެ ގެއަކުން ވައްކަންކުރި މީހަކު ހިފެހެއްޓުމަށް އާންމުން ކުރި މަސައްކަތް ކުރުމުންނެވެ.

https://sun.mv/119473

comment ކޮމެންޓް