ދިއްފުށީގައި މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމްވެ، އެކަކުގެ ހާލު ސީރިޔަސް

ދިއްފުށީގައި މިރޭ ހިނގި މާރަމާރީގައި އެކަކު ވެއްޓި، އޭނާގެ ފައި ޒަހަމް ވެފައި --

ކ. ދިއްފުށީގައި މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމްވެ، އެކަކުގެ ހާލު ސިރިޔަސް ވެއްޖެ އެވެ.

މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ، މިރޭ 7:30 ގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، ތޫނު އެއްޗަކުން ހަމަލާދީ ދިއްފުށީގައި މާރާމާރީ ހިންގައި ދެ މީހަކު ޒަހަމު ވެފައިވާ ކަމުގެ މައުލޫމަތު ލިބިފައިވާ ކަމަށެވެ.

ދެ މީހުންނަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން އެކަކު އިތުރު ފަރުވާ އަށް މިހާރު މާލެ ގެނެވި އައިޖީއެމްއެޗުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. އަނެއް މީހާއަށް ހެލްތު ސެންޓަރުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވ.ެ

މިކަމާ ގުޅިގެން ދިއްފުށީ ކައުންސިލްގެ ރައީސަށް ގުޅުމުން، ވިދާޅުވީ، އެ މައްސަލައާ ގުޅޭ ގޮތުން މައުލޫމަތު ދެވެން ނެތް ކަމަށެވެ.

ދިއްފުށީގައި މިރޭ ހިނގި މާރަމާރީގައި އެކަކުގެ ބޯ ފަޅައިގެން ގޮސް ލޭ އައިސްފައި ---

ފޮޓޯތަކުން ފެންނަ ގޮތުގައި މާރާމާރީގައި ޒަަހަމްވި މީހުންގެ ތެރެއިން އެކަަކުގެ މޫނު މަތި ވަަރަށް ބޮޑަށް ފަޅައިގެން ގޮސް ލޭ ފެންނަން ހުއްޓެވެ. އަދި އެނެއް މީހާގެ ފައި ޒަހަމްވެ، ވަރަށް ބޮޑަށް ލޭގެ އަސަރު ފެނިފައިވެ އެވެ.

ހާލު ސީރިޔަސް ވެެގެން މާލެ ގެނައި މީހާ އަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ. މިކަމާ ގުޅިގެން އައިޖީއެމްއެޗުގެ ބަހެއް ވަނީ ނުލިބުފަ އެވެ.

އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.

comment ކޮމެންޓް