ސަލްމާއާއި ގުރްއާނުގައިވާ ކަނބަލުންގެ ވާހަކަތައް 18: މަރްޔަމްގެފާނު 1

"ބައްޕާ! ޤަމަރު ވަނީ ވަރަށް ބޮޑަށް ވަރުބަލި ވެފައި." ސަލްމާ ބުންޏެވެ.

"ހާސްނުވޭ! ސަލްމާ! އޭތި އޭތީގެ ދަރިފުޅު ވިހެއުމަށް ތައްޔާރު ވަނީ." ވަދީދާ ބުންޏެވެ.

"އަހަރެން މިދަނީ ޖަނަވާރަށް ހާއްސަ ޑޮކްޓަރަކު ހޯދަން. ލައިލް ހިނގާ ދާން. ކަން ބޮޑު ނުވޭ. އޭތީގެ ހާލު އިސާހިތަކުން ރަނގަޅުވާނެ. އިންޝާﷲ." ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވާހަކަ ގަބޫލު ކުރައްވާ ސާހިބާ! ޑޮކްޓަރަކު ކޮންމެހެން ބޭނުމެއް ނުވޭ." ވަދީދާ ބުންޏެވެ.

"ކައިރީގައި ޑޮކްޓަރަކު ހުރުމުން ވާނެ ގެއްލުމެއް ނޯންނާނެ." ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"ބައްޕާ! މަޑު ކުރައްވާ! ޤަމަރު ވިހައިފި." ސަލްމާ ބުންޏެވެ.

"ޙަމްދު ހުރީ ﷲ އަށް. އޭ ލައިލް. ކަލޭ ބައްޕައަކަށް ވީ." ޞަފިއްޔުއްދީން އޭނާގެ އަހާ ދިމާއަށް ބައްލަވައިލައްވަމުން ވިދާޅުވިއެވެ.

"އެއީ ވަރަށް ރީތި ރީތި އަހެއް." ވަދީދާ ބުންޏެވެ.

"އޭގައި އެހެރަ އަޖައިބުވަނިވި ކުލަޔަކަށް ބަލައިލަ ބަލަ!" ސަލްމާ ބުންޏެވެ.

- ނުނިމޭ -

comment ކޮމެންޓް