ކަރިޝްމާ އެނބުރި ސްކްރީނަށް

ކަރިޝްމާ ކަޕޫރު---

ނުވަދިހައިގެ އަހަރުތަކުގައި ބޮލ؛ީވުޑްގައި އެންމެ ގަދައަށް ވިދާލި އެއް ބަތަލާ ކަރިޝްމާ ކަޕޫރު ސްކްރީން ކުރިމަތިން ފެންނަން ތައްޔާރުވެއްޖެއެވެ.

ދެހާސް ތިން ވަނަ އަހަރު ކައިވެނިކުރުމާއެކު އޭނާ ވަނީ ސްކްރީން ކުރިމަތިން ގެއްލިފައެވެ. ނަމަވެސް ދުވަސްތަކަކަށްފަހު ކަރިޝްމާ އެނބުރި ސްކްރީނަށް އަންނާނީ ވެބް ސީރީޒް އަކުންނެވެ.

އެ ސީރީޒް އަކީ އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީން ގެނެސްދޭ "މެންޓަލްހުޑް"އެވެ. ސީރީޒް އިއުލާންކުރި ނަމަވެސް އެ ދައްކާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.

"މެންޓަލްހުޑް" އަކީ ޒުވާން މަޔަކާއި އޭނާގެ ތިން ދަރިންގެ ވާހަކަ ކިޔައިދޭ ސީރީޒްއެކެވެ.

ވެބް ސީރީޒްކުޅުމަށް އެއްބަސްވުމަށްފަހު ކަރިޝްމާ ބުނީ ގިނަ ދުވަސްތަކަކަށްފަހު ސްކްރީނުން ފެންނަން ތައްޔާރު ކަމަށާއި އެކަމަށް ވަރަށް ތައްޔާރު ކަމަށެވެ.

"އަހަރެންނަށް ވަރަށް ކަމުދިޔަ އެ ސްކްރިޕްޓް. އަހަރެންގެ ހަޔާތާ ވެސް ވަރަށް ގުޅޭ އެ ވާހަކަ. ދަރިން ބެލުމުގައި ދިމާވާ ކަންތައްތައް ސީރީޒްއިން ފެނިގެންދާނީ،" ކަރިޝްމާ ބުންޏެވެ.

comment ކޮމެންޓް