އާދައިގެމަތިން ތައްޔާރުވެގެން އައިސް އޮށޯވެވުނު އިރު ދިހައެއްޖަހަން ކައިރިވެއްޖެ އެވެ. ކިޔަންވާ ހުރިހައިއެއްޗެއް ފިސާރިގަޔާވެއޮވެގެން ކިއުނުކަން ހަނދާންވެ އެވެ. ދެންހަމަ ކުއްލިއަކަށް ގޭދޮރޯށި ހުޅުވާ ބޭރަށްނުކުމެފައި ލައްޕައިލީ އެވެ.

އިރުދަށުން ޖެހިލާ ހެޔޮވަރުރޯޅިތަކުގެ ސަބަބުން ޖައްވުގައި ވަނީ ވަރަށް އަރާމު ފިނިކަމެކެވެ. ފުރަމެންދަންކަމުގައި ވާތީ މުޅި އެހިސާބު އޮތީ ފަޅުވެފަ އެވެ. ހަނދުމަހެއްގެ ސަތާރަވިލޭރޭގެ ހަނދު މެދުއުޑުން ލަނބާލަނީ އެވެ. ގޭގޭވައިފިނިކުރާތަކުންނާއި އެނބުރޭފަންކާތަކުން އިވޭއަޑުފިއަވައި އިވޭހާވެސްއަޑަކީ ފުއްޓަރަށްމުގުރާ ރާޅުގެއަޑެވެ. އެއަޑުގައި ހުންނަ ބަރުބުން ކަމުގައި ދަމާބާރެއް ނެތެކޭ ނުބުނެވޭނެ އެވެ. ހިނގައިދެވުނީ އެދިމާއަށެވެ. އަތިރިމައްޗަށެވެ. އިރުމަތިފަރާތު އަތިރިއަށެވެ. ފުއްޓަރުފަރާތްކަމުގައި ވިޔަސް ފަޅުތިލަކަމާއިއެކު ދެވެލިފެން ފަށާއި ރަށުއެއްގަމުގެ ކަޅުފަހާ ދެމެދު ފަނަރަވަރަކަށް ފޫޓުގެ ދޮންވެލިގަނޑެއް އޮވެ އެވެ. އަހަންނަށް މަޑުކޮށްލެވުނީ އެ ވެލިގަނޑުގަ އެވެ. ސާފު ހުދުވެލިގަނޑަށް ހަނދުގެ ރިހިއަލި އެޅިފައިވުމުން އެހުންނަ ޖާދުވީއަސަރުގައި ޖެހެވި ވަށައި ހޯދާލީމެވެ. އޭ! މިހިރީ! މިއީ ކާކުބާ!

ދާދިގާތުގައި މިހިރަފެންނަނީ އަންހެނެކެވެ. ހެދި ހުރިހަށިގަނޑާއި އަޅާފައި ހުރި ބުރުގާއިން އޭނާގެ އުމުރުން މާގިނަދުވަހެއްނުވާނެކަން ޔަކީން ކުރެވުނެވެ. ހިމަތޮޅި ވަރަށް ހެއޮވަރެއްގެ އިސްކޮޅެކެވެ. ލައިގެން ހުރި ހެދުމުގެ ގޮތުން ދަތި ކަމެއް އިހުސާސްކުރެވޭކަމުގައި ވިޔަސް ހަށިގަނޑުގެ އާއްމުވަނާތައް ވަރަށް އަންހެން ވަންތަ އެވެ. އެދުވާމީރު ވަސް ވަކިން ފާހަގަކުރެވުނެވެ.

ހިތަށްއެރީ ތިޔައީކާކުތޯ އަހާލާށެވެ. ހަމައެއާއި އެކު ގަސްތުކުރެވުނީ ކުރިމައްޗަށް އަރައި އެއީ ދަންނަ މޫނެއްތޯ ބަލައިލާށެވެ. ދެފިކުރުގައި އިރުކޮޅެއްވީތަނާ އެމީހަކު މޫދާއިދިމާއަށް މަޑުމަޑުން ހިނގައްޖެ އެވެ. އަދި ގޮސް ދެވެލި ފެންފަށުގައި ވަރަށް ލުއިލުއިކޮށް އިށީނީ އެވެ.

ތީކޮންކުއްޖެއް؟ ޖަވާބެއްނުދިނެވެ.

ނަންބުނެބަލަ؟ ހެޔޮނުވާނެ!

މިއީ ކަލޭގެ އަމާ! ލޯހުޅުވަބަލަ! އަހަންނަށް ލޯހުޅުވާލެވުނީ ދެނެވެ. އެނދުގައި މަގަތުން އިށީނދެ މަގޭ އައުގަމީހުގައި ގޮށްހަރުކުރަން އަންހެނުން އިނެވެ. އެދުވި ސެންޓުގެ މީރުވަސް އޭރުވެސްދުވަ އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު