އިނގިރޭސިބަހުން ކިއަވައިދިނުމަކީ ވެސް ކޮންމެހެން ކުރަން ޖެހޭ ފައިދާހުރި ކަމެއް ކަމުގައި ވަރަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ރާއްޖޭގައި ވެސް ކިޔަވައިދިނުން މިވަނީ އެގޮތަށް ބަދަލު ކޮށްފަ އެވެ. އޭރު ހުންނެވި ވެރިޔާއަށް އެގޮތް މޮޅުކަމުގައި ވެގެންނެވެ. ކަމުގެ މޮޅުދެރައާއި ފައިދާތޯ ގެއްލުންތޯގެ ވާހަކަ ދައްކާކަށް މީ ފުރުސަތެއްނޫނެވެ. އެކަމުން ވެގެން އައި ބައެއްކަންކަމުގެ ވާހަކަ ޖެހެނީ ދައްކާށެވެ. އެކަމުގެ ސަބަބުން ނުވެގެން ދިޔަ ކަންކަމުގެ ވާހަކަ ދައްކައި ޒުވާބު ކުރުމަކީ ބޭކާރު ކަމެކޭ ބުނެވިދާނެ އެވެ.

ރާއްޖޭގެ ނަން ހިނގާ އެއް އިސްކޫލުގެ ވާހަކަ ދެއްކުމުގެ މުބާރާތެކެވެ. މައުލޫއަކީ މިނިވަންކަމެވެ. ދެބައިގެ މެދުގައި މުބާރާތް ހިނގަމުންދިޔައީ ވަރަށް ގަދަ ޖޯޝަކާއި ސފޯރިއެއްގަ އެވެ. މިނިވަންކަމުގެ އެކިފަރާތައް މިނިވަންކަމާ އެކު ބަލަމުން އިންސާފުކުރަމުން ގެންދިޔަ އެވެ. މިނިވަން ކަމުގެ ލިބެމުންދާ ބޮޑަތިގެއްލުންތަކުގެ ވާހަކަ އާއި މިނިވަންކަމުގެ އަގުނުކުރެވޭ ފައިދާތަކުގެ ވާހަކަ ކިޔައިދެމުން ގެންދިޔަ އެވެ.

ނަސީމަކީ މުޅި ސޮކޫލުގައި ވެސް ހުރި ކުއްލިޖަވާބަށް އެންމެ ހުޝިޔާރު މޮޅުކުއްޖާ އެވެ. ކަންކަމުގައި އައުގޮތްގޮތް ނެރެ ދެއްކުމަކީ އޭނާއެއްމެ ކުރާހިތްވާ ކަމެވެ. ވާހަކަދައްކަން މައިކުކައިރިއަށް އޭނާދިއުމާ އެކު މުޅި އެތަނުން އަތްތިލަބަޑީގެ އަޑުއިވިގެންދިޔައީ ނަސީމުގެ މޮޅުކަމާއި ހުންނަ ސަމާސާ މަޖާ ކަމުގެ ސަބަބުންނޭ ބުނެވޭނެ އެވެ.

"ވަޑައިގެންތިއްބެވި ބެލެނިވެރިން، ޓީޗަރުން، އަދި އިސްކޫލުގެ ހިންގުންތެރިންނާއި ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުންނަށް އިސްލާމީސަލާމުން ސަލާންކުރަން. އައްސަލާމު އަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތު.

އެންމެ ބޭފުޅުން އަޑުއައްސަވާ. މިނިވަންކަމަކީ އޭގެ ނަމާއި ކަމާ ދިމާވާ ވަރަށް އޮޅުމެއްނެތް ކަމެއް. ދިދަ އެހެރީ މިނިވަންކަމުގެ ރަމްޒު. އެއްކޮޅުބަނދެފައި. މި އިންސާނާ އެކަމަށް ދައުވާކުރަނީ. ބިމުން ދެފައިއެއްކޮށް ހިއްލައެއް ނުލެވެ. މިއީ ހަގީގަތަކީ. ކޮންކަމެއްގެ ހަގީގަތެއް. މިކިޔާ މިނިވަންކަމުގެ ހަގީގަތް. އެނަމުންވެސް ބުނެދޭ ހަގީގަތް. ވިސްނާވަޑައިގަންނަވާ! މިނިގެ މާނައަކީ ކޮބައިތޯ؟ އެއީ ކުޑަ، ނުވަތައެއްބައި. ދެން މިއޮންނަނީ ވަން، އެއީ އެކެއް. ވީމާ މިނިވަން ކަމަކީ އެކެއްވެސްހަމަނުވާ ކަން. ކުޑަކުޑަ އެކެއްކަން. ނުވަތަ އެކެއްގެ އެއްބައި ކަން. ކަން މިހެންހުރި އިރު އިހުގެއެދުރު ސަލާހުއްދީނު ވިދާޅުވި ބަސް ބަހީ މީހުންހަދާ އެއްޗެއް ނޫނޭ އާމެދު ވެސް މިހާރުގެ މިގޮތަށް އިނގިރޭސިބަހުން ވިސްނާލަން އެބަޖެހޭ. ފަހަރެއްގައި އޭރުން އޭގެ މާނައެނގި މީސްމީޑިއާއިން ހަދާއެއްޗެކޭ ވިދާޅުވީ ކަަމަށް ވެސް ވެދާނެ އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު