ހުޅުމާލޭގައި ވޯޓާ ސޭފްޓީ ބޯޑުތައް ބަހައްޓަނީ

ވޯޓާ ސޭފްޓީ ބޯޑެއް--

ހުޅުމާލޭގައި ވޯޓާ ސޭފްޓީ ބޯޑްތަައް ބަހައްޓަން ސަރުކާރުން ނިންމައިފި އެވެ.

ވޯޓާ ސޭފްޓީ ބޯޑަކީ މޫދުގައި އުޅުމުގައި ރައްކާތެރިވާން ޖެހޭ ކަންކަމަށް ރިއާޔަތްކޮށް ތަފާތު މައުލޫމާތުތައް ހިމަނައިގެން އެކި ލިޔުންތައް ލިޔެފައި ހުންނަ ބޯޑެކެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ބޯޓާ ސޭފްޓީ ބޯޑްތައ ބެހެއްޓުމުގެ ޕްރޮަގްރާމް ލޯންޗްކުރަންް ނިންމީ މިދިޔަ ހަ މަސްދުވަހު ހިނގައިފައިވާ ހާދިސާތަކަށް ބެލުމަށް ފަހު ކަަމަށެވެ.

"މި ކަހަލަ ބީޗު ޑެސްޓިނޭޝަންއަށް ބަލާފައި އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ. މި ލޯންޗް ކުރަނީ ބުރާސްފަތި ދުވަހު ހުޅުމާލޭގަ ރާއްޖޭގައި އެންމެ ގިނަ ޓޫރިސްޓް ބެޑް ހުރި ހުރި ގެސްޓް ހައުސް އައިލެންޑްއަކީ ހުޅުމާލެ ވޯޓާ ސޭފްޓީ ބޯޑްތައް ބަހައްޓަން އަޅުގަނޑުމެން މި ފަށަނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

އެ ވޯޓާ ސޭފްޓީ ބޯޑްތައް ބަހައްޓާނީ ގެސްޓް ހައުސް އެސޯސިއޭޝަންއާއި، ޓޫރިސްޓް ޕޮލިސްއާއި އެމްއެންޑީއެފްއާ ކޯސްޓްގާޑް ގުޅިގެން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާ ގުޅިގެން އެ ރަށްތަކުގައި ވޯޓާ ސޭފްޓީ ބޯޑުތައް ބެހެއްޓުން ކަމަށެވެ.

އޭގެ އިތުރުން ކޮންމެ ރަށެއްގައި ލައިފް ގާޑުން ބަހައްޓަން ބޭނުންވާ ކަމަށާއި އަދި ލައިފް ގާޑުން ޓްރެއިންކޮށް ޖޫން ޖުލައި ހިސާބުގައި ނެރެވޭވަރު ވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

comment ކޮމެންޓް