ފުޖައިރާގެ ޙަމަލާތަކަކީ ބޮޑު ރޭވުން ގަނޑެއް ކަމަށް އީރާނުން ތުހުމަތުކޮށްފި

ގަލްުފުގެ ސަރަހައްދުގައި ތެޔޮ ޓޭންކަރެއް

އަބޫދަބީ ( މޭ 13) : ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ފުޖައިރާ ކަނޑުގެ ބަނދަނރުގެ ބޭރުން ދަތުކުރި ކާގޯ ބޯޓުތަކަށް ރޭ ދިން ޙަމަލާތަކަކީ ބޮޑު ރޭވުމަކަށް ވެދާނެ ކަމަށާ އެކަން ތަހްގީގް ކުރަން ޖެހޭ ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުގެ ޚާރިޖިއްޔާ އިން ބުނީ އެއީ ސަރަަހައްދުގައި އޮތް ނާޒުކު ހާލަތުން ފައިދާ ނެގުމަށް ޓަކައި ބޭރުގެ ފަރާތަކުން ރޭވި ރޭވުމެއްކަމަށް ވުން ގާތްކަމުގަ އެވެ. އީރާނުގެ މީޑިއާ އިން ވަނީ ޔޫއޭއީގެ ފުޖައިރާ ބަނދަރު ކައިރީގައި ދިން ހަމަލާތަކަކީ ގަލްފުގައި ހަނގުރާމައިގެ ހުޅު ރޯކުރުމަށާއި އީރާނަށް ހަމަލާދިނުމަށް އެމެރިކާއަށް މަގުފަހިކޮށްދިނުގެ މަގްސަދުގައި ތިން ވަނަ ފަރާތަކުން ދިން ހަމަލާއެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

ޔޫއޭއީ އިން ވަނީ އެއީ ގެއްލުން ދިނުމުގެ ގަސްދުގައި ކޮންމެވެސް ފަރާތަކުން ދިން ޙަމަލާތަކެއް ކަމަށް ސިފަކޮށްފަ އެވެ. ޔޫއޭއީގެ ޚާރިޖިއްޔާ އިން ބުނީ ބޮމުގެ ހަމަލާތަކެއް ކަމަށް ބެލެވޭ ހަމަލާތައް ދިނީ އެގައުމުގެ ކަނޑުގެ ސަރަހައްދާ ވަރަށް ގާތުން ފުޖައިރާ ބަނދަރާ ދިމާއަށް ދަތުރުކުރި އާގު ބޯޓުތަކަށް ކަމަށާ އެހަމަލާތަކުގައި ހަތަރު ބޯޓަކަށް ގެއްލުން ލިބިފައިވާ ކަމުގަ އެވެ.

ސައޫދީ ތެލާބެހޭ ވަޒީރު ޚާލިދް އަލް ފާލިހް ވިދާޅުވީ ފުޖައިރާ ކައިރިން ދިން ޙަމަލާތަކެއްގައި ސައޫދީ ތެޔޮ ޓޭންކަރުގެ ދެ ޓޭންކަރަށް ގެއްލުންތަކެއް ލިބުނު ކަމަށާއި ނަމަވެސް ތެޔޮ ލީކުވެފައި ނުޥާ ކަމުގަ އެވެ. އެ ޙަހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި ދަތުރުނުކުރެވޭފަ ދަ ގެއްލުމެއް އާގުބޯޓަކަށް ވެސް އަދި ތެޔޮ ޓޭންކަރަކަށް ވެސް ނުލިބޭ ކަމަށް ފުޖައިރާގެ މަސްއޫލުވެރިން ވިދާޅުވި އެވެ. އެ ޙަމަލާތަކަކީ ބޮމުގެ ހަމަލާތަކެއްކަން ނޫނީ ބަނޑީގެ ޙަމަލާތަކެއްކަން ވެސް ސާފުވެފައި ނުވާއިރު ފުޖައިރާގެ ބަނދަނރު ސަރަހައްދުގައި ވެސް އެއްޗެއް ގޮވިކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

މިޙަލާތައް ރޭގެ ވަގުތެއްގައި ދީފައިޥާއިރު މިކަމާބެހޭ އިތުރު ތަފްސީލް ޔޫއޭއީން ދީފައެއް ނުވެއެވެ. މި ހަމަލާތައް ދީފައި މިވަނީ އީރާނުން އެމެރިކާއާއި އެމެރިކާގެ ބައިވެރިންގެ މަސްލަހަތުތަކަށް ހަމަލާތަކެއް ދޭން އުޅޭކަމަށްބުނެ އެމެރިކާއިން ޖާސޫސީ ރިޕޯޓްތަކެއް ނެރުމުމަށްފަހު އީރާނަށް ބިރު ދެއްކުމަށްޓަކައި ގަލްފުގެ ސަރަހައްދުގައި އެމެރިކާ އިން ހަނގުރާމައިގެ ބެރު ޖަހަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ މަސްއޫލުވެރިންވަނީ އީރާނަށް ހަރުކަށި އިންޒާރުތައްދީ ގަލްފުގެ ސަރަހައްދަށް ހަނގުރާމައިގެ މަނަވަރުތަކާއި ކަނޑުގެ ސިފައިންގެ ފްލީޓަކާއެކު ބީ ފިފްޓީ ޓޫގެ ބޮންއަޅާ ބޯޓުތައްވެސް ފޮނުވާފައެވެ. އަދި އީރާނުން ދީފާނެ މިސައިލް ހަމަލާތައް މަތަކުރުމަށް ކަމަށްބުނެ އެމެރިކާވަނީ ގަލްފާއި މެދުއިރުމަތީގައި ޕެޓްރިއޮޓް މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމުތައްވެސް ރުކުރުވާލާނެ ކަމަށް ބުނެފައެވެ.

ޔޫއޭއީ އާއި ސައޫދީ އާއި އިސްރާއީލަކީ އީރާނާދެކޮޅަށް އެމެރިކާ ކުރިމަތިކުރާ ހުރިހާ ފިއްތުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ފަހަތުގައި ތިބޭކަމަށް ތުހުމަތު ކުރެވޭ ތިން ގައުމެވެ. އެތިން ގައުމަކީ އެމެރިކާއަށްވުރެ ވެސް އީރާނާމެދު ދުޝްމަންކަން ގެންގުޅޭ އަދި އީރާނަށް އެމެރިކާ ޙަމަލާ ދޭނެކަމުގެ އުންމީދު ފާޅުކުރާ ތިންގައުމެވެ.

އެމެރިކާއާ ވިއްސަކަށް ހާސް ކިލޯމީޓަރު ދުރުގައިޥާ ގަލްފުގެ ސަރަހައްދަށް ހަނގުރާމައިގެ ގުރާބުތައް ފޮނުވައި އީރާނަށް ބިރުދައްކަމުން ގެންދިޔުމަކީ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށް ޓަކައި އެމެރިކާ ވަރަށް ގިނައިން ކުރަމުންގެންދާ ކަމެކެވެ. އެމެރިކާ އީރާނަށް ތުހުމަތު ކުރަނީ ސަރަހައްދަށް ނުފޫޒު ފޯރުވަން މަސައްކަތްކުރުމާއި މިސައިލް ޓެކްނޮލޮޖީ އާއި ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކޮށް ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމުގެ ތުހުމަތެވެ.

ހަތިޔާރު އުފެއްދުމާއި ގައުމުތަކާއި ސަރަހައްދުތަކަށް ބާރާއި ނުފޫޒު ފޯރުވުމަކީ އީރާނަށްވުރެ ބޮޑަށް އެމެރިކާ ކުރަމުން ގެންދާ ކަންކަމެވެ. އެމެރިކާގެ އިތުރުން އެމެރިކާގެ ބައިވެރިންކަމަށްވާ ސައޫދީ، ޔޫއޭއީ އަދި އިސްރާއީލަކީ ވެސް އެސަރަހައްދަށް ބާރާއި ނުފޫޒު ފޯރުވަން މަސައްކަތްކުރާ ގައުމުތަކެވެ. އިސްރާއީލުން ފަލަސްތީނަށާއި ސޫރިޔާ އަދި ލުބްނާނަށް ހަމަލާދޭއިރު ސައޫދީއާއި ޔޫއޭއީ ގެންދަނީ އެމެރިކާގެ އެހީތެރިކަމާ އެކު ޔަމަންގައި ހަނގުރާމަ ކުރަމުންނެވެ. އަދި ތުރުކީއަށް ނުރައްކާކުރާ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކަށް އެހީތެރިވާ ކަމުގެ ތުހުމަތު ކުރެވެނީ ވެސް ސައޫދީއާއި ޔޫއޭއީ އާއި އިސްރާއީލުގެ މައްޗަށެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް