ސަލްމާއާއި ގުރްއާނުގައިވާ ކަނބަލުންގެ ވާހަކަތައް 5: ނޫޙުގެފާނުގެ އަނބިކަނބަލުން 3

"ސަޢުދޫނު! އަނެއްކާ ވެސް ކަލޭގެ މައްސަލައެއް؟ އެކަމަކު މި ފަހަރު ކަލޭ ވަގަށް ނެގީކީ ކުކުޅެއް ނޫން. މި ފަހަރު ވަގަށް ނެގީ ރެސްޓޯރެންޓުގެ ވެރިޔާ އަތުގައި އޮތް ރަން އަނގޮޓިއެއް." ގާޒީ ވިދާޅުވިއެވެ.

"ސާހިބާ! ﷲ ގަންދީ ހުވާ ކޮށްފައި ބުނަން. އަހަރެންނަކީ ކުށެއް ނެތް މީހެއް." ސަޢުދޫނު ބުންޏެވެ.

"ކިހިނެއް؟ އެކަމަކު އަނގޮޓި ފެނުނީ ކަލޭގެ ކުޑަރުމާލުގެ ތެރެއިން. އަދި އެ ކުޑަރުމާ އޮތީ ކަލޭގެ ހެދުމުގެ ތެރޭގައި ފޮރުވާފައި." ގާޒީ ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑަކަށް ނޭނގޭ، އަޅުގަނޑުގެ ކުޑަރުމާލުގެ ތެރޭގައި އޭތި އޮތީ ކީއްވެގެން ކަމެއް. އަދި އެ ރުމާ އަހަރެންގެ ޖީބުގައި އޮޓީ ކީއްވެގެން ކަމެއް." ސަޢުދޫނު ބުންޏެވެ.

"ކަލެއަށް މީގެ ކުރީން އިތުބާރު ކުރެވުނީ ކީއްވެގެން ކަމެއް ނޭނގޭ." ގާޒީ ވިދާޅުވިއެވެ.

"ސާހިބާ! އަޅުގަނޑު ﷲ ގަންދީ ހުވާކޮށްފައި ދަންނަވަން. އަޅުގަނޑު މިހިރީ ތައުބާ ވެގެން. އަޅުގަނޑު އޭގެ ފަހުން ވައްކަމެއް ނުކުރަން." ސަޢުދޫނު ބުންޏެވެ.

"މި މައްސަލައިގެ އަޑު އެހުމެއް ދެން އޮންނާނީ މާދަމާ. އޭ ފުލުހުންގެ ވެރިޔާ!" މައްސަލައިގެ އަޑުއެހުން އެ ދުވަހަށް ނިންމަވައިލެއްވުމަށް ފަހު ފުލުހުންގެ ވެރިޔާއަށް ގާޒީ ގޮވައިލެއްވިއެވެ.

"ސާހިބާ! ވިދާޅުވޭ!" ފުލުުހުންގެ ވެރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުން ވަކީން ބައްދަލުކޮށް ތިބާއާ ވާހަކަ ދައްކާލަން." ގާޒީ ވިދާޅުވިއެވެ.

*****

- ނުނިމޭ -

comment ކޮމެންޓް